ދިވެހިރާއްޖެ
މި މިނިސްޓްރީއަށް ސިމެންޓެކް އެންޑްޕޮއިންޓް އެންޓިވައިރަސް ޕްރޮޓެކްޝަން ސޮފްޓްވެއާރ ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)13-E/13/2019/289 (17 އޮކްޓޫބަރު 2019) އިޢުލާނާ ގުޅިގެން ބިޑު ހުށަހަޅާފައި ވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އަލުން އިޢުލާން ކުރަމެވެ.
ޕްރީ-ބިޑް މީޓިން: 18 ނޮވެމްބަރު 2019، 11:30 އަށް
އަންދާސީ ހިސާބު ހުށަހެޅުން: 27 ނޮވެމްބަރު 2019، 13:30 އަށް
ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމަށް ހަމަޖެހިފައި ވަނީ ޕްރީ-ބިޑް މީޓިންގައެވެ.
އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.