ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)133-AS/1/2014/5
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2014
ޕަބްލިޝްކުރި ގަޑި: 10:29
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން އެޓެސްޓްކުރާ ލިޔުން ތަކާބެހޭ
10 މާރިޗު 2014 ވަނަ ދުވަހުން ފެށިގެން މިޑިޕާޓްމަންޓުން އެޓެސްޓް ކުރާނީ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ކަމުގައި ދަންނަވަމެވެ. އަދި ލިޔުންތައް އެޓެސްޓް ކުރެވޭނީ ހުށަހަޅާތާ މަދުވެގެން 1 ދުވަސް ފަހުން ކަމުގައި ދަންނަވަމަވެ.
އަދި، ދަންނަވަމެވެ. ގެދޮރުވެރިކުރުވުމުގެ ސިޔާސަތުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާ ފޯމުތަކަށް ބޭނުންވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުކޮޕީ އެޓެސްޓްކުރުމަށް ވަޑައިގަންނަވާއިރު، ގޮދޮރުވެރިކުރުމަށް އެދި ހުށަހަޅާ ފޯމު ފުރުއްވައިގެން ގެންނަންވާނެއެވެ.
08 ޖުމާދަލްއޫލާ 1435
09 މާރިޗު 2014