ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)237-A2/237/2019/16
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 11:16
ސުންގަޑި: 24 ނޮވެންބަރު 2019 13:00
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. އަތޮޅު ކައުންސިލް އިދާރާގެ ރަންގަލި ލާންޗުގެ ފަޅުވެރި މަޤާމަށް މީހަކު ހޯދުން

މަޤާމް :ފަޅުވެރި
ބޭނުންވާ އަދަދު :1

އިޢުލާނު

މިއިދާރާގެ މިދަންނަވާ  މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް:

ފަޅުވެރި

މަޤާމު ނަންބަރު:

J-221945

ބޭނުންވާ ޢަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް. އެސް2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ / ފ. ނިލަންދޫ

މުސާރަ:

މަހަކު 3,470.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 1,000.00 ރުފިޔާ

އެހެނިހެން އެލަވަންސްތަކާއި އިނާޔަތްތައް:

  1. ސަޕޯޓިންގ ކޯ އެލަވަންސް 1: މަހަކު 1,200.00ރުފިޔާ
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސް ފަރުވާގެ ޚިދުމަތް.
  3. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ އަދި ދަތުރު އެލަވަންސް

މަޤާމުގެ ޝަރުތުތައް:

  1. ލިޔަންކިޔަން އެނގުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އަތޮޅުކައުންސިލްގެ އިދާރާގެ އުޅަނދުފަހަރުގައި ކުރަންޖެހޭ ދަތުރުތައް، (ކައުންސިލްގެ އިދާރާއިން ހަމަޖައްސާ އިންތިޒާމެއްގެ ދަށުން) ކުރުމުގައި ފަޅުވެރިޔަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުން.
  2. ލޯންޗު ސާފުތާހިރުކޮށް ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  3. އަތޮޅުކައުންސިލް އިދާރާގެ އުޅަނދުފަހަރު ލަފާފުރާއިރު ނަގިލިލުމާއި ނަގިލިނެގުމާއި، ދަތުރުކުރާއިރުގައާއި، ތަންތަނަށްކައިރިކުރާއިރުގައާއި، ފަޅުގައި އޮންނައިރު، އުޅަނދުފަހަރަށް ގެއްލުމެއް ލިބިދާނޭ އެންމެހައި ކަންކަމުން ރައްކާތެރިކޮށް، އުޅަނދުފަހަރު ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް، އެ އުޅަނދެއްގެ ކެޕްޓަން ނުވަތަ ނެވި އަންގާ ގޮތެއްގެމަތިން ކުރުން.
  4. ލޯންޗުގެ ދަތުރުތަކުގައި ތެލާއި،ފެނާ، އެނޫންވެސް ދަތުރަށްބޭނުންވާ ތަކެތި ލޯންޗަށްލުމުގެ މަސައްކަތްކުރުން.
  5. ލޯންޗް އެހެލާ ބޭލުމާއި ލޯންޗްއުގުޅުމާއި ދަވާދުލުންފަދަ މަސައްކަތްތައް ކުރުމާއި ލާންޗުގެ ނަގިލިތައް ސާފުކުރުން.
  6. ލޯންޗް ފަޅުގައި އޮންނައިރު މަދުވެގެން ހަފްތާއަކު އެއްފަހަރު ލޯންޗުގެ ބޭރު (ފެނުންތިރި) އުގުޅުމާއި، ލޯންޗް ސާފުކޮށް ބެލެހެއްޓުން.
  7. އަތޮޅުކައުންސިލް އިދާރާގެ އުޅަނދުފަހަރަށް ލިބޭ ގެއްލުމުގެ މައޫލޫމާތު ވީހާ އަހަވަކަށް އެއުޅަނދެއްގެ ވެރިއަކަށް އެންގުން. އަދި ލަސްނުކޮށް އުޅަދުފަހަރު ބަލަހައްޓާ ސެކްޝަނުގެ ވެރިއަކަށް އެމަޢުލޫމާތު ދިނުން.
  8. އަތޮޅު ކައުންސިލް އިދާރާގެ އުޅަދުފަހަރުގައި ކުރާ ދަތުރުތަކުގައާއި، އުޅަދުފަހަރު ގާތްކޮށް ހަދާއިރު އަމިއްލަ އިހުމާލުން ލިބޭ ގެއްލުމުގެ ޒިންމާނެގުން.
  9. އޮފީހުން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނު. (26%)
  2. މަސައްކަތުގެ ތަޖުރިބާ. (26%)
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް. (48%)
  4. ގިނަވަގުތު މަސައްކަތު އުޅެވޭ ފަރާތަކަށްވުން.

ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރިވސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް ގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓުފިކެޓު ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019ނޮވެންބަރު24 ވާ އާދިއްތަދުވަހުގެ 13.00 ގެ ކުރިން، ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected])މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައި ގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019ނޮވެންބަރު25 އާއި 28 އާ ދެމެދު، ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

ޖުމްލަ35% (ތިރީސް ފަހެއް) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.

އެހެނިހެން ކަންތައްތައް

  • މި މަޤާމަށް ކުރިމަތިލާ މީހުންނަކީ ޢުމުރުން 55 އަހަރުވެފައިވާ މީހުންކަމުގައި ވެގެންނުވާނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭސުންގަޑި ހަމަވުމަށްފަހު  ހުށަހަޅުއްވާ ހުށަހެޅުންތަކާއި، އެޓޭޗް ކުރަންޖެހޭ ލިއުންތައް ހަމަނުކޮށް އަދި ފުރިހަމަނުކޮށްހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަނެވޭނެއެވެ.

 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، މި އޮފީހުގެ 6740017 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

13 ނޮވެންބަރު 2019