ދިވެހިރާއްޖެ
ނަންބަރު: MTCC-HRAD/IU/2019/194
އިޢުލާން
އިންޓަރނޭޝަނަލް ޓަގުގައި މަސައްކަތްކުރާ މުވައްޒަފުން ހޯދުމަށް ހުޅުވާލުން:
މިކުންފުނީގެ ލޮޖިސްޓިކްސް ޑިޕާރޓްމަންޓްގެ އިންޓަރނޭޝަނަލް ޓަގުގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް، ކޮންޓްރެކްޓް ޢުސޫލުން މަސައްކަތްކުރާނެ މުވައްޒަފުން ބޭނުންވެއެވެ.
# |
މަޤާމް |
ޖުމްލަ މުސާރަ (ރުފިޔާ) |
ކޮންޓްރެކްޓް މުއްދަތު |
1 |
ޗީފް އޮފިސަރ |
30,000.00 |
1 މަސް |
8 |
ވެލްޑަރ (2) |
10,500.00 |
1 އަހަރު |
9 |
އޮއިލަރ (1) |
10,500.00 |
1 އަހަރު |
ޝަރުތު: މަޤާމުގެ ކޮމްޕީޓެންސީ ސެޓްފިކެޓް ލިބިފައިވުން.
ޓްރާންޕޯޓް އޮތޯރިޓީގެ ޤަވާޢިދާއި އެއްގޮތަށްވާގޮތަށް ހޯދަންޖެހޭ ސެޓްފިކެޓްތަކާއި ހަދަންޖެހޭ ތަމްރީންތައް ހަދާފައިވުން.
އުމުރުން 60 އަހަރަށްވުރެ މަތީފަރާތަކަށް ނުވުން.
މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ސިއްހަތު ރަގަޅު މީހަކު ކަމުގައިވުން.
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް
ޑިޕާރޓްމަންޓް: ލޮޖިސްޓިކްސް ޑިޕާރޓްމަންޓް
މަސައްކަތްކުރަންޖެހޭތަން: އިންޓަރނޭޝަނަލް ޓަގު (މާލެ/އިންޑިއާ/ސްރީ ލަންކާ /މެލޭޝިޔާ އާއި ދެމެދު ދަތުރުކުރާ ޓަގު)
އެހެނިހެން އިނާޔަތް: ވޮޔޭޖް އެލަވަންސް-/1500ރ. ކޮންމެ ދަތުރެއް ނިމުމުން.
ފުޑް އެލަވަންސް -/75ރ. ދުވާލަކު
މެޑިކަލް އިންޝޫރަންސް
ވީމާ،މަޤާމުތަކަށް ޝައުގުވެރިވާފަރާތްތަކުން 18 ނޮވެމްބަރ 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށައެޅުއްވުން އެދެމެވެ. މިތަކެތި އީމެއިލް އިންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓްއިން މި ފޯރމް ޑައުންލޯޑް ކުރެވޭނެއެވެ.
އީމެއިލް: [email protected]
13 ނޮވެމްބަރ 2019