ދިވެހިރާއްޖެ
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މި ސްކޫލަށް ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
1- 13 ކްލާސްރޫމްގައި ތަށިމުށި ޖެހުން
2- 200 ޕްރައިމަރީ ގޮނޑި އަދި ޑެސްކް ޖެހުން
3- 300 ސެކަންޑްރީ ގޮނޑި އަދި ޑެސްކް ޖެހުން
4- 14 ތިރީ ފާޚާނާތަށި އުސްތައްޓަށް ބަދަލްކުރުން
5- 13 ބޫޓް ރެކް ޖެހުން
6- 8 އަތްދޮންނަ ތަށި ހަރުކުރުން
ވީމާ، އަމިއްލަ ތަކެތީގައި މިދެންނެވި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ނޮވެމްބަރ 13 އިން 21 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް ޖަލާލުއްދީން ސްކޫލްގައި ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ނޮވެމްބަރ 21 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ނޮވެމްބަރ 24 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ޖަލާލުއްދީން ސްކޫލްގެ އޭ.ވީ ރޫމް 01 ގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 2019 ނޮވެމްބަރ 27 ވާ ބުދަ ދުވަހުގެ 11:00 ގައި ޖަލާލުއްދީން ސްކޫލްގެ އޭ.ވީ ރޫމް 01 ގައެވެ.
ނޯޓް : ބީލަމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- · ޖަލާލުއްދީން ސްކޫލް / ހދ.ކުޅުދުއްފުށި
- ފޯން: 6528815, 6528873
- އީ-މެއިލް: [email protected]
15 ރަބީޢުލްއައްވަލް 1441
12 ނޮވެންބަރު 2019