ޢާންމު މަޢުލޫމާތު
ނަންބަރު: 279-ESM/2014/12
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2014
ޕަބްލިޝްކުރި ގަޑި: 10:15
މިލަދުންމަޑުލު އުތުރުބުރީ މަރޮށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަރޮށީ ބަނދަރު ބޭނުންކުރާ ފަރާތްތަކުގެ ސަމާލުކަމަށް

01 މާރިޗު 2014 ވަނަ ދުވަހުން ފެށިގެން މަރޮށީ ބަނދަރަށް ވަދެނިކުމެވާ އުޅަނދުފަހަރާއި، ބަނދަރުގައި މަޑުކުރާ އުޅަނދުފަހަރާއި ގުޅޭ ތިރީގައިމިވާ މަޢުލޫމާތުތައް ނެގުމާއި، ބަނދަރު ބޭނުންކުރުމަށް ކަނޑައެޅިފައިވާ އުސޫލުތަކަށް ޢަމަލުކުރުމަށް ވަނީ ނިންމާފައެވެ.

- މަރޮށީ ބަނދަރަށް ވަދެނިކުމެވާ އުޅަނދުފަހަރުގެ މަޢުލޫމާތު ނެގުން

- މަރޮށީ ބަނދަރަށް ވަދެނިކުމެވާ އުޅަނދުފަހަރުގެ ކެޕްޓަނާ ގުޅޭ މަޢުލޫމާތުތައް ނެގުން

- މަރޮށީ ބަނދަރު ބޭނުންކުރާ ފަރާތްތަކުން ޢަމަލުކުރުމަށް ކަނޑައެޅިފައިވާ އުސޫލުތަކަށް އެފަރާތްތަކުން ޢަމަލުކުރަމުން ގެންދޭތޯ ބެލުން

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު: 6540054 ފޯނަށެވެ.

09  ޖުމާދަލްއޫލާ  1435

10 މާރިޗު 2014