މަސައްކަތް
ނަންބަރު: (IUL)322-EP/322/2019/97
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:54
ސުންގަޑި: 17 ނޮވެންބަރު 2019 09:30
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ އިދާރާ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

ބ.ހިތާދޫ ކައުންސިލްގެ އިދާރާ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ މިކަމަށް އެދިލައްވާ ފަރާތްތަކުން 14 ނޮވެމްބަރ 2019  ވާ ބުރާސްފަތި ދުވަހުގެ ހެދުނު 09:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ހޯއްދެވުމަށްފަހު 17 ނޮވެމްބަރ2019  ވާ އާދީއްތަ ދުވަހުގެ ހެދުނު 09:30 އަށް އަންދާސީ ހިސާބު ހުށަހަޅާ ފޯމް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ބޭފުޅުންނަށް އަންދާސީ ހިސާބު ހުށަހަޅާ ފޯމް ހުށަނޭޅޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  އަދި ބީލަމުގައި ބައިވެރިވެވޭނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ތިރީގައި ބަޔާން ކުރެވިފައިވާ ފަރާތްތަކަށެވެ.

  1. ދިވެހިރާއްޖޭގެ ކުންފުންޏާއި ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފާއިވާ ކުންފުނިތައް.
  2. ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.
  3. ކޯޕްރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ  ކޯޕްރޭޓިވް ސޮސައިޓީތައް.
  4. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.
07 ނޮވެންބަރު 2019