މަސައްކަތް
ނަންބަރު: GS69/BUDGET/2019/006
ޕަބްލިޝްކުރި ތާރީޚް: 12 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:46
ސުންގަޑި: 21 ނޮވެންބަރު 2019 13:00
މިލަންދޫ ސްކޫލް
ދިވެހިރާއްޖެ
މި ސްކޫލްގެ ތިންވަނަ ފަންގިފިލާގެ ސީލިންގ މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1- މިސްކޫލުންދޭ މަޢުލޫމާތާއި އެއްގޮތަށް ސްކޫލްގެ 3 ވަނަ ފަންގިފިލާގެ ސީލިންގ މަރާމާތުކޮށްދޭނެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

2- މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019ނޮވެމްބަރ 12 ން 2019 ނޮވެމްބަރ 20 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މިސްކޫލުގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3- މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބިޑްހުށަހެޅުމުގައި ބައިވެރި ނުވެވޭނެވާހަކަ ދެންނެވީމެވެ.

4- މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އަންދާސީ ހުށަހަޅާފަރާާތުގެ ސިޓީއާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

5- މިޕްރޮޖެކްޓާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 2019ނޮވެމްބަރ 21 ވަނަ ދުވަހުގެ 13:00 ގައި  މިސްކޫލްގެ މީޓިން ރޫމް  ގައެވެ.

6- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019ނޮވެމްބަރ 28 ވަނަ ދުވަހުގެ 10:30 ގައި މިސްކޫލްގެ މީޓިން ރޫމް  ގައެވެ.

7- މިކަމާއި ގުޅޭ ބީލަންފޮތް ލިބިލައްވާނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ.

8- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 މިލަންދޫ ސްކޫލު

ޤާޒީ މަގު ، މިލަންދޫ ، ދިވެހިރާއްޖެ

ފޯން : 7747677

މެއިލް އެޑްރެސް: [email protected]

 

12 ނޮވެންބަރު 2019