ދެންނެވުން
ނަންބަރު: GS153/IUL/2019/29
ޕަބްލިޝްކުރި ތާރީޚް: 12 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 08:50
ސުންގަޑި: 10 ޑިސެންބަރު 2019 12:00
ހަންޏާމީދޫ ސްކޫލް، އދ. ހަންޏާމީދޫ
ދިވެހިރާއްޖެ
2020 ވަނަ އަހަރު އެލް.ކޭ.ޖީއަށް ދަރިވަރުން ވެއްދުމާއިގުޅޭ

                             

އިޢުލާން

 2020 ވަނަ އަހަރު އެލް.ކޭ.ޖީއަށް ދަރިވަރުން ވެއްދުމާއިގުޅޭ

                                                                                                                                                           

            2020 ވަނަ އަހަރު އަލަށް މި ސްކޫލްގެ އެލް.ކޭ.ޖީ އަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކުން 10 ޑިސެމްބަރު 2019 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ސްކޫލަށް ވައްދަންއެދޭ ފޯމާއި އަދި ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި ސްކޫލްގެ އިދާރާއަށް ހުށަހެޅުންއެދެމެވެ. ސްކޫލަށް ވައްދަން އެދޭ ފޯމް 12 ނޮވެމްބަރު 2019 ވާ އަންގާރަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރު 12:00 އަށް ސްކޫލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.

                  އެލް.ކޭ.ޖީއަށް ކުދިން ވެއްދުމުގައި އުމުރުފުރާ ބަލާނީ ތިރީގައިވާ ގޮތަށެވެ.

އުމުރުފުރާ

4 އަހަރު ފުރި 5 އަހަރު ނުފުރޭ (2020 ޖަނަވަރީ 1 ގެ ނިޔަލަށް)

               

          ނަމަވެސް އުމުރުފުރާ ބެލުމުގައި 2020 މާރިޗު 31 ގެ ނިލަޔަށް އަހަރު ހަމަވާ ކުދިންނަށްވެސް ފުރުޞަތު އޮތްވާހަކަ ދަންނަވަމެވެ.

                  ވީމާ، މިކަން އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

15 ރަބީޢުލްއައްވަލް 1441ހ

12 ނޮވެންބަރު 2019