ދިވެހިރާއްޖެ
އދ. އަތޮޅު މަދަރުސާ އދ. މާމިގިލި ދިވެހިރާއްޖެ |
|
A.Dh. Atoll School A.Dh. Maamigili Rep of Maldives |
ނަންބަރު:GS42/2019/35- އިޢުލާން އަންދާސީ ހިސާބު ބޭނުންވެއްޖެ
މި މަދަރުސާގެ އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮއްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚަށް އދ.އަތޮޅު މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔާފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު : 18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ؛ 19/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ހޯދުން: މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680021 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީadmin@adhatollschool.edu.mvއަށެވެ.
10 ރަބީއުލްއައްވަލް 1441 7 ނޮވެމްބަރ 2019
|