ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-AS1/138/2014/13
ޕަބްލިޝްކުރި ތާރީޚް: 11 މާރިޗު 2014
ޕަބްލިޝްކުރި ގަޑި: 09:59
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގެދޮރުވެރިކުރުން ޕްރޮގްރާމްގެ ދަށުން ދޫކުރާ ފްލެޓަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާގުޅޭ
- ފޯމު ހުށަހަޅާ ފަރާތުގެ އުފަންދުވަހުގެ ސެޓްފިކެޓް ހުށަހަޅަން ނުޖެހޭ ގޮތަށް ހަމަޖައްސައި އޭގެ ބަދަލު ދިވެހި ރައްއިތެއްކަން އަންގައިދޭ ކާޑުގެ އަސްލާ އެއްގޮތް ކޮޕީ ހުށަހެޅުން.
- ފޯމު ހުށަހަޅާ ފަރާތުގެ 18 އަހަރުން ދަށުގެ ދަރިންގެ އުފަންދުވަހު ސެޓްފިކެޓްގެ އަސްލާ އެއްގޮތް ކޮޕީއާއެކު ދިވެހި ރައްއިތެއްކަން އަންގައިދޭ ކާޑުގެ އަސްލާ އެއްގޮތް ކޮޕީ ހުށަހެޅުން.
- ގޭގެ ރަޖިސްޓަރީގެ އަސްލާ އެއްގޮތް ކޮޕީ ނުވަތަ މާލޭަގައި ރަށްވެހި ވެފައިވާ ކަމުގެ ލިޔުމުގެ އަސްލާ އެއްގޮތް ކޮޕީ ހުށަހެޅުން.
- ކަރަންޓް ބިލްް، ފެން ބިލް ހިއްސާކުރައްވާ ފަރާތްތަކުގެ ބިލްގެ އަސްލާ އެއްގޮތް ކޮޕީ ހުށަހެޅުން.
- އުޅޭތަނުގެ ކުރެހުމަކީ އާރކިޓެކްޓަކު ކުރަހާ ފައިވާ ކުރެހުމަކަށް ކޮންމެހެން ވާކަށް ނުޖެހެއެވެ. ނަމަވެސް ދިރިއުޅޭތަނުގެ މިންތައް އެގޭގޮތަށް ސިޓިންގރޫމް، ލިވިންގރޫމް، ފާޚާނާ އަދި ބަދިގެ ފަދަތަން ތަން އެނގޭނެހެން ކުރަހައި ދެހެކިންގެ ސޮއާއެކު ހުށަހެޅުން.
- ކެޓަގަރީ 2 ގައިވާ ފަރާތްތަކުން މާލޭގައި ދިރިއުޅެފައިވާކަން އަންގައިދިނުމަށްޓަކައި ސްކޫލް ލީވިން ސެޓްފިކޭޓް، ވަޒީފާ އަދާކޮށްފައިވާ ތަނުންދީފައިވާ ލިޔުންތަކުގެ އަސްލާ އެއްގޮތް ކޮޕީ ހުށަހެޅުން, އެފަދަ ލިޔުމެއް ނެތްނަމަ މާލޭގައި އުޅުނު ގޭގޭގެ ވެރިފަރާތުގެ ލިޔުމެއް ހުށަހެޅުން، ލިޔުމުގައި ގޭގެ ވެރިފަރާތުގެ ނަމާއި ދިވެހިރައްއިތެއްކަން އަންގައިދޭ ކާޑު ނަންބަރު އަދި ގުޅޭނެ ފޯނު ނަންބަރާއި ސޮއި އޮންނަންވާނެއެވެ.
ވީމާ، މިކަންކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
10 ޖުމާދަލްއޫލާ 1435
11 މާރިޗު 2014