ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)378/2019/28
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 19 ނޮވެންބަރު 2019 10:00
ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕޫލްގެދަށުން މިސްކިތްތަކުގައި މަސައްކަތްކުރާނެ މުދިމުން ހޯދުން

ހުޅުދެލީ މިސްކިތްތަކުގައި ޕޫލްގެދަށުން މަސައްކަތް ކުރުމަށް މުދިމުން ހޯދުމާއިބެހޭ.

 މިރަށު 02 މިސްކިތުގެ އިމާމުން ޗުއްޓީ އާއި ސަލާމް ނުވަތަ އެހެނިހެން ބޭނުންތަކުގައި ވަޒީފާގެ މަސްޢޫލިއްޔަތުން ދުރުގައި ހުންނަ ދުވަސްތަކުގައި އިމާމު ކަމުގެ މަސްޢޫލިއްޔަތު އަދާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަސައްކަތަށް އެކަށީގެންވާ ފަރާތެއް ހޮވުމަށްފަހު ލިސްޓްކުރެވޭ ތަރުތީބުން ފުރުޞަތުދެމުން ގެންދެވޭނެއެވެ.

ބޭނުންވާ ޢަދަދު:   02

މުއްދަތު:       01 އަހަރު

ޝަރުތު: އިމާމް ސެޓްފިކެޓް ލެވެލް 3 ޙާޞިލްކޮށްފައި ވުން. ނުވަތަ  އެފެންވަރަށް ތަކެތި ދަންނަ ނުވަތަ ރީތިކޮށް ބަންގިގޮވާ ޤުރުއާން ކިޔަވަން އެނގޭ ފަރާތެއް ކަމުގައި ވާންވާނެއެވެ.

މުސާރަ ދެވޭގޮތް:

އިމާމް ސަނަދު އޮންނަ މީހަކަށް ( ނަމާދު ކުރާ ވަގުތަކަށް ) 61 ރުފިޔާ.

މުދިމް ސަނަދު ނެތް މީހަކަށް ( ނަމާދުކުރާ ވަގުތަކަށް ) 53 ރުފިޔާ.

މިމަޤާމަކީ އިތުރުގަޑިއާއި ބަންދު ދުވަހުގެ އެލަވަންސް ހަމަޖެހިފައިވާ މަޤާމެއް ނޫންކަމުގައި ދަންނަވެމެވެ.

ޙާޟިރުވާން ޖެހޭ ވަގުތު: މިސްކިތުގައި މަސައްކަތް ކުރައްވާ ދާއިމީ އިމާމުން  ޗުއްޓީގައި  ހުރުން ނުވަތަ ޙާޟިރު ނުވެވޭ ވަގުތު ތަކުގައެވެ.

ވީމާ، މިމަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން މިއިދާރާއަށް ވަޒީފާއަށް އެދޭ ފޯރމް  ހުށައެޅުއްވުމަށް ދަންނަވަމެވެ. ވަޒީފާ އަށް އެދޭ ފޯރމް މިއިދާރާއިން ލިބެންހުންނާނެއެވެ. އަދި މިވަޒީފާއާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރ 6760049 ފޯނަށް ގުޅުއްވުމަށް ދަންނަވަމެވެ.

07 ނޮވެންބަރު 2019