ދިވެހިރާއްޖެ
އިޢުލާން
ނަމްބަރު: GMIZL/IUL/PROC/2019/025
ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ކ.ގުޅީފަޅުގައި، ކެފޭއަކާއި ޓަކް ޝޮޕެއް ތަރައްޤީކޮށް ހިންގާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލާ ދަޢުވަތު އަރުވަމެވެ.
ތަފްޞީލް |
ތަން |
ދުވަސް |
ތާރީޚް |
ގަޑި |
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރވުން |
ޖީ.އެމް.އައި.ޒެޑް.އެލް ހެޑް އޮފީސް ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ |
- |
12 ނޮވެމްބަރ 2019 އިން 14 ނޮވެމްބަރ 2019 އަށް |
08:30 އިން 13:00 އަށް |
މަޢުލޫމާތު ކަރުދާސް ދޫކުރުން |
ހޯމަ |
18 ނޮވެމްބަރ 2019 |
13:30 އިން ފެށިގެން |
|
ޕްރީބިޑް މީޓިންގ |
ބުރާސްފަތި |
21 ނޮވެމްބަރ 2019 |
10:30 ގައި |
|
ބިޑް ހުށައެޅުން އަދި ބިޑް ހުޅުވުން |
ބުދަ |
27 ނޮވެމްބަރ 2019 |
11:00 ގައި |
އަންދާސީ ހިސާބު ހުށަހެޅުއްވުމާއި ގުޅޭ:
- ބިޑް ރެޖިސްޓްރޭޝަން ފީގެ ގޮތުގައި 200.00 ރ. (ދުއިސައްތަ ރުފިޔާ) ގެ ނޮން ރިފަންޑަބަލް ފީއެއް ނެގޭނެއެވެ.
- ބީލަން ބާޠިލްވާ މުއްދަތު މަދުވެގެން 120 (ސަތޭކަ ވިހި) ދުވަހަށް ވާންވާނެއެވެ.
- ބިޑް ސެކިއުރިޓީގެ ގޮތުގައި 20،000.00ރ (ވިހި ހާސް ރުފިޔާ) ގެ ޑިޕޮސިޓެއް ބަހައްޓަންވާނެއެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތު ބިޑް ވެލިޑިޓީ މުއްދަތަށްވުރެ 30 (ތިރީސް ދުވަސް) އިތުރު ވާންވާނެއެވެ.
- ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
- މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
- ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.
ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ވެފައިވާ ފަރާތްތަކަށެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކުންފުނީގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކުއެވެ.
މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން ޕްރޮކިއުމަންޓް ސެކްޝަނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
07 ނޮވެމްބަރ 2019
10 ރަބީޢުލްއައްވަލް 1441
ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލި Fen Building/ 4th floor
އަމީނީމަގު، މާލެ، ދިވެހިރާއްޖެ Ameenee Magu, Male’, Republic of Maldives
ފޯން: 3307513،3307515 ފެކްސް: 3307514 Tel: 3307513, 3307515 Fax: 3307514