ދިވެހިރާއްޖެ
އިޢުލާން |
މިރަށު މަސްޖިދުލް އިޚްލާސްއަށް ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން ތިރީގައިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއްޖެއެވެ.
މަޤާމް |
މިސްކިތު މަސައްކަތު (ކޮންޓްރެކްޓް) |
ބޭނުންވާ ޢަދަދު |
02 (ދޭއް) |
މުއްދަތު |
01 (އެކެއް) އަހަރު |
މަޤާމް އޮތް އޮފީސް |
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ |
ޔުނިޓް |
މުނިސިޕަލް ސަރވިސް |
ވަޒީފާ އަދާކުރަންޖެހޭ ތަން |
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގެ މިސްކިތްތައް |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު |
|
މަޤާމް |
ރޭންކް |
ކްލެސިފިކޭޝަން |
ޝަރުޠު |
މުސާރަ |
ސަރވިސް އެލަވަންސް |
|
މަސައްކަތު |
އެސް.އެސް1 |
ސަޕޯރޓް ސަރވިސް ގްރޭޑް 1 |
ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން. |
މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް 45.00 ރުފިޔާގެ ރޭޓުން މަހަކު 150ގަޑިއިރަށްވާ ފައިސާ |
ނެތް |
|
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުކުރުން އޮންނާނެ ތާރީޚާއި ތަން: |
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު، މަސައްކަތު 15 ދުވަހުގެ ތެރޭގައި މި އިދާރާގައި ނުވަތަ މި އިދާރާއިން ކަނޑައަޅާ ތަނެއްގައި މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނެއެވެ. އިންޓަވިއު އޮންނާނެ ތާރީޚާއި ތަން ކަނޑައެޅުމަށްފަހު ލިޔުމުން އެންގޭނެއެވެ. |
|||||
ހުށަހަޅަންޖެހޭ ލިޔުންތައް |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ މަޤާމުތަކާއި، ވަޒީފާ އަދާކުރި މުއްދަތުތަކާއި، ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ނުވަތަ ވާޖިބުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ޤައުމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާކަމަށް ބެލެވޭނީ ވަކި ޤާނޫނަކުން އުފައްދާފައިވާ ނުވަތަ ދަޢުލަތުގެ މުއައްސަސާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމައެވެ.)
|
|||||
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
2019 ނޮވެމްބަރ 19 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށް އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅުއްވަންޖެހޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ. |
|||||
އިތުރު މަޢުލޫމާތު |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ، ޒިންމާދާރުވެރިޔާ / އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު އަޒްމީން (ފޯން: 7793060، 6500012) ނުވަތަ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް ތަސްލީމް އަޙްމަދު (ފޯން: 9502929) އާއި ގުޅުއްވުން އެދެމެވެ. |
|||||
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
09 ރަބީޢުލްއައްވަލް 1441
06 ނޮވެމްބަރ 2019