މަސައްކަތް
ނަންބަރު: BML/PD-BID/2014/015
ޕަބްލިޝްކުރި ތާރީޚް: 11 މާރިޗު 2014
ޕަބްލިޝްކުރި ގަޑި: 08:38
ބޭންކް އޮފް މޯލްޑިވްސް ޕލކ.
ދިވެހިރާއްޖެ
ކޮންސަލްޓެންސީ ޚިދުމަތް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ބޭންކް އޮފް މޯލްޑިވްސް ޕލކގެ އެކްސްޓަރނަލް ނެޓްވާރކް ވަލްނަރަބިލިޓީ އެސެސްމަންޓް އަދި ޕެނެޓްރޭޝަން ޓެސްޓިންގއަށް ކޮންސަލްޓަންސީ ޚިދުމަތް ހޯދުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު

ބޭންކް އޮފް މޯލްޑިވްސް ޕލކގެ ކުއާޓަރލީ ނެޓްވާރކް ސްކޭންގެ ކޮންސަލްޓަންސީ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި ޚިދުމަތް ދިނުމަށް ހުށަހަޅާ ފަރާތަކީ ޕޭމަންޓް ކާޑު އިންޑަސްޓްރީ ސެކިއުރިޓީ ސްޓޭންޑަޑްސް ކައުންސިލުން އެޕްރޫވްކޮށް އެޕްރޫވްޑް ސްކޭނިންގ ވެންޑަރއެއްގެ ގޮތުގައި ލިސްޓު ކުރެވިފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. މި ސްކޭން ފުރިހަމަ ކުރުމަށް ހަމަޖެހިފައިވަނީ އަހަރުގެތެރޭގައި ކުއާރޓަރތަކަށް ބަހާލައިގެންނެވެ.

ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގައި އިސްކަންދެވޭނީ ހުށަހަޅާ އަގާއި، ބޭންކުން ބޭނުންވާ ކަންތައްތައް ސާފުކޮށް އެނގޭ މިންވަރާއި ޓެކްނިކަލް އުސޫލުތައް އެނގޭ މިންވަރުގެ މައްޗަށެވެ. މީގެ އިތުރުން އިވެލުއޭޓް ކުރުމުގެ ބައިތަކުގައި އެކުލެވިފައިވާ އެހެނިހެން ކަންތައްތަކަށް ބެލޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ ހުރިހާ ފަރާތްތަކުން ބިޑް ޑޮކިއުމެންޓުގައިވާ ގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. މި މަޝްރޫޢާ ގުޅޭ ބިޑް ޑޮކިއުމެންޓް މިބޭންކުގެ ވެބްސައިޓް (http://www.bankofmaldives.com.mv/news-and-media/advertisements/Pages/default.aspx) އިން ޑައުންލޯޑް ކުރެވޭނެއެވެ.

މި މަސައްކަތާ ގުޅޭގޮތުން ކުރެވޭ މުޢާމަލާތްތަކާއި ސުވާލުތައް އަދި ޕްރޮޕޯޒަލް ހުށަހަޅުއްވާނީ ލިޔުމުން ބޭންކް އޮފް މޯލްޑިވްސް ޕލކގެ  ހެޑް އޮފް އައި.ޓީ. އަށް އެޑްރެސްކުރައްވައި [email protected] އީމެއިލް އެޑްރެހަށެވެ. (އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3015350)

09 ޖުމާދަލްއޫލާ 1435

11 މާރިޗު 2014