ވަޒީފާގެ ފުރުޞަތު
ނަންބަރު: GS115/2019/35
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 10:54
ސުންގަޑި: 13 ނޮވެންބަރު 2019 00:00
މާފަރު ސްކޫލް
ދިވެހިރާއްޖެ
ޓީޗަރ ( ސެން )

GS115/2019/35
  

އިޢުލާން

ވަޒީފާގެ ފުރުސަތު                             

މަޤާމު:                   ޓީޗަރ ( ސެން )

އަދަދު:                     01

މަޤާމްގެ ގިންތި:   ކޮންޓްރެކްޓް

ވަޒީފާގެ މުއްދަތު:     3 މަސްދުވަސް

އޮފީސް:                   މާފަރު ސްކޫލް

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

*  ސިލަބަހާ އެއްގޮތްވާ ގޮތުގެ މަތިން ދަރިވަރުންނަށް ކިޔަވައިދިނުން

*  ސްކޫލުގެ ވަސީލަތްތައް ފައިދާހުރި ގޮތުގައި ބޭނުންކޮށްގެން ދަރިވަރުންގެ ކުރިއެރުމަށް މަސައްކަތްކުރުން

*  ޓީޗަރެއްގެ ހައިސިއްޔަތުން ހަވާލުކުރެވޭ އެންމެހައި ޒިންމާތައް އަދާކުރުން

*  ފެންވަރާއި ހުނަރުގެ ގޮތުން ތަފާތު ކުދިންނަށް އަމާޒުކޮށްގެން އުނގަންނައިދިނުން

*  ކިޔަވައިދިނުމާ ގުޅުންހުރި ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރިވުމާއި، އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން

*  މުޖުތަމަޢާއި ސްކޫލާ ދެމެދު އޮންނަ ގުޅުން ބަދަހި ގުޅުމަކަށް ހެދުން

މަޤާމުގެ މަސްއޫލިއްޔަތު:

1-   ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްވާގޮތަށް ކުލާހުގަޔާއި ކުލާހުން ބޭރުގައި ކިޔަވައިދިނުމާއި، ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތެއް ކުރުން.

2-      ޤައިމީ މަންހަޖުގައި ކަނޑައަޅައިފައިވާ ލަނޑުދަނޑިތައް ޙާސިލްވާގޮތަށް ލެސަންޕްލޭން ތައްޔާރުކުރުން.

3-      ދަރިވަރުންނަށް ބާއްވާ ތަފާތު އެކިއެކި ޓެސްޓްތަކުގެ ޕޭޕަރު ތައްޔާރުކުރުމާއި ޓެސްޓްތައް އެޑްމިނިސްޓަރ ކުރުން.

4-       ކިޔަވައިދޭ މާއްދާއާއި ގުޅޭގޮތުން ދަރިވަރުންގެ ފޮތްތަކާއި އެސެސްމަންޓް ޕޭޕަރާއި، ޔުނިޓް ޓެސްޓް ޕޭޕަރުތަކާއި، ޓާމް ޓެސްޓް ޕޭޕަރ އަދި މިނޫންވެސް ދަރިވަރުންނަށް ޙާސިލްވި މިންވަރު ނުވަތަ ކުރިއެރުންވަޒަންކުރުމަށް ބާއްވާ ޓެސްޓް ޕޭޕަރުތައް މާކުކުރުން.

5-      ދަރިވަރުން ޙާސިލްކުރާ މިންވަރާއި ކުރިއެރުމުގެ ރެކޯޑްތައް ބެލެހެއްޓުން.

6-      ދަރިވަރުންލައްވާ ކުރުވާ ޕްރެކްޓިކަލް މަސައްކަތްތައް ބެލެހެއްޓުން.

7-      ކުލާހުގައާއި ކުލާހުން ބޭރުގައި ސްކޫލުގެ ހަރަކާތްތަކުގައި އުޅޭއިރު ދަރިވަރުންގެ އަޚްލާގީ ކަންތައްތައް ބެލެހެއްޓުން.

8-      ޕޭރެންޓް ޓީޗަރ މީޓިންގ ތަކުގައި ބައިވެރިވުމާއި ދަރިވަރުންގެ ކިޔެވުމާއި ގުޅޭގޮތުން ބެލެނިވެރިންނަށް މަޢުލޫމާތު ދިނުން.

9-      ދަރިވަރުންގެ ކުރިއެރުމާބެހޭ ގޮތުން ބެލެނިވެރިންނާއި، ސްކޫލްގެ ވެރިންނާއި ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ހިއްސާ ކުރުން.

10-  ކުލާހުން ބޭރުގައި ހިންގާ، ކިޔަވައިދިނުމާއި ގުޅުންހުރި ކަންތައްތައް ހިންގުމުގައި ސްކޫލަށް އެހީތެރިވެ، އެއްބާރުލުން ދިނުން.

11-  ދަރިވަރުނަނަށް ތަޢުލީމީ ލަނޑުދަނޑިތައް ހާސިލްވަމުނދާކަމާއި، ދަރިވަރުންގެ ކިބައިގައި ދީނީ، އަދި ރަނގަޅު އަޚްލާޤީ އާދަތައް ހަރުލެއްވެމުންދާކަން ކަށަވަރުކުރުން.

12-  ދަރިވަރުން ގެންގުޅޭ މާހައުލަކީ ދަރިވަރުންނަށް ރައކާތެރިކަމާއި އަމާންކަން ލިބިގެނަވާ މާޙައުލެއްކަން ކަށަވަރުކުރުން.

13-  ރިލީފް ގަޑި ނެގުން.

14-   ސްކޫލްގައި ހިންގާ ކުލަބް ޙަރަކަތްތައް ހިންގުން.

15-  ކިޔާވައިދޭ މާއްދާއާއި ގުޅޭގޮތުން އިތުރު މުއްސަދިކަމެއް (ރިސޯސް) ބޭނުންވާ ޙާލަތުގައި ސްކޫލްގެ ވެރިންގެ ލަފަޔާއި އިރުޝާދުގެ މަތިން އެފަދަ ކަންތައްތައް ކޯޑިނޭޓް ކުރުން.

16-  ސްކޫލްގެ ފަރާތުން އިންތިޒާމް ކުރާ ޕްރޮފެޝަނަލް ޑިވަލޮޕްމެންޓް ޙަރަކާތްތަކުގައި ބައިވެރިވުން.

17-  މުދައްރިސުންގެ ފަންނީ ގާބިލްކަން އިތުރުކުރުމަށް މިނިސްޓްރީ އޮފް އެޑިއިކޭޝަނާއި ދާއިރާގެ މުއައްސަސާތަކުން ބާއްވާ ޙަރަކާތްތަކުގައި ބައިވެރިވުމަށް ލިބޭ ފުރުސަތުތަކުގައި ބައިވެރިވުން.

18-  ތަޢުލީމީ ދާއިރާ ހަރުދަނާ ކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކުރާ މަސައްކަތުގައި ބައިވެރިވުމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެދިއްޖެނަމަ، އެމަސައްކަތުގައި ބައިވެރިވެ، އެއްބާރުލުން ދިނުން.

19-  ކިޔަވައިދޭ މާއްދާއާއި ގުޅޭގޮތުން އިތުރު ރިސޯސަސް ބޭނުންވާ ހާލަތުގައި ސްކޫލްގެ ވެރިންގެ ލަފަޔާއި އިރުޝާދުގެ މަތިން އެކަންކަން ކޯޑިނޭޓްކުރުން.

20-  ދަރިވަރުންނާއި، ބެލެނިވެރިންނާއި، ސްޓާފުން އަދި ސްކޫލްގެ ސިއްރުތަށް ހިފެހެއްޓުން.

 ޝަރުޠާއި މުސާރަ ހަމަޖެހިފައިވާގޮތް:

ޝަރުޠު

މުސާރަ (މަހަކު)

ސަރވިސް އެލަވަންސް (މަހަކު)

ސާނަވީ ތަޢުލީމު ހާސިލުކޮށްފައިވުން

-/4500 ރުފިޔާ

-/1500 ރުފިޔާ

މަތީ ސާނަވީ ތަޢުލީމު ހާސިލުކޮށްފައިވުން

-/5500 ރުފިޔާ

-/1500 ރުފިޔާ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

-/6090 ރުފިޔާ

-/2500 ރުފިޔާ

   

 މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

 

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ޑިޕްލޮމާ އިން ޓީޗިންގ އިންކުލޫސިވް އެޑިޔުކޭޝަން ނުވަތަ އެއަށްވުރެން މަތީ ލެވެލްގެ ޓީޗިންގ ކޯހެއް ހަދަމުންދާ ފަރާތްތަކަށް އިސްކަން ދެވޭނެ.

- ޑިޕްލޮމާ އިން ޓީޗިންގ އިންކުލޫސިވް އެޑިޔުކޭޝަން ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކަށް އިސްކަން ދެވޭނެ.

- ޑިޕްލޮމާ އިން ޓީޗިންގ އިންކުލޫސިވް އެޑިޔުކޭޝަން ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކަށް ކޯސް ފުރިހަމަކުރުމަށްޓަކައި އެހީތެރިކަން ދިނުމާއި އެކު ޑިޕްލޮމާ އިން ޓީޗިންގ އިންކުލޫސިވް އެޑިޔުކޭޝަން ކޯސް ހެދުމަށް މަގުފަހިކޮށްދެވޭނެއެވެ. އަދި ވަޒީފާ ލިބޭ ފަރާތްތަކުގެ ތެރެއިން ކޯސް   ހަދަން އެއްބަސްވާ ފަރާތްތަކަށް 5 އަހަރު ދުވަހުގެ  ބޮންޑެއް ކުރެވި އެ ބޮންޑު ފުރިހަމަ ކުރުމަށް އެއްބަސްވާ ފަރާތްތަކަށް އިސްކަން ދެވޭނެ. ( އެއްބަސްވާ ފަރާތްތަކުން އެކަމަށް އެއްބަސްވާ ކަމަށް ލިޔެފައިވާ ސިޓީ ހުށައަޅަންވާނެއެވެ. )

- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ސިފަތައް އިންޓަރވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު

ހުށަހަޅަންޖެހޭ ތަކެތި:

- އެޓެސްޓުކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ

- ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ފޮޓޯކޮޕީއެއް.

- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތަކުގެ ފޮޓޯކޮޕީ.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

- ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕްތަކުގެ ލިޔުންތަކުގެ ފޮޓޯކޮޕީ.

ނޯޓު: ތަޖުރިބާގެ މުއްދަތު ގުނާނީ، ވަނަވަރުގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

           ވީމާ ސެން ޓީޗަރުކަމަށް ކުރިމަތިލައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 13 ނޮވެމްބަރ 2019 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ސްކޫލް އޮފީހަށް ވަޒީފާއަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް މިސުކޫލުން ލިބެން ހުންނާނެއެވެ. މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކާއި އިންޓަރވިއުކުރުން އޮންނާނީ 13 ނޮވެމްބަރ 2019 އާއި 20 ނޮވެމްބަރ 2019 އާއި ދެމެދު މާފަރު ސްކޫލްގައެވެ.

      މި އިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިސްކޫލުގެ ނަމްބަރ 6560574 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.

04 ނޮވެންބަރު 2019