ދިވެހިރާއްޖެ
އިޢުލާން
ނަމްބަރު:GMIZL/IUL/BDM/2019/002
ކ.ގުޅިފަޅުގައި މުވައްޒަފުން ބޭތިއްބުމަށް ޤާއިމްކޮށްފައިވާ އެކޮމޮޑޭޝަން ބްލޮކްތަކުގެ ތެރެއިން މަރާމާތުކޮށް ނިންމާފައިވާ އެޕާޓްމަންޓްތައް ކުއްޔަށް ދޫކުރުމަށް މިކުންފުނިން ނިންމަވާފައިވާ ވާހަކަ ދަންނަވަމެވެ. އަދި އެޕާޓްމަންޓް ކުއްޔަށް ދޫކުރެވޭ ޙާލަތުގައި އެޕާޓްމަންޓް ކުއްޔަށް ދޫކުރެވޭނީ މުވައްޒަފުން ބޭތިއްބުމަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ. އެޕާޓްމަންޓްތައް ކުއްޔަށް ދުކުރެވޭނީ 'ފަސްޓް ކަމް ފަސްޓް ސަރވް ބޭސިސް' ގެ ދަށުން އެންމެ ފުރަތަމަ ހުށަހަޅާ ފަރާތްތަކަށް އިސްކަންދެވިގެން މިކުންފުނިން އެޕާޓްމަންޓް ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކަމުގައި ދަންނަވަމެވެ. 'ފަސްޓް ކަމް ފަސްޓް ސަރވް ބޭސިސް' ގެ ގޮތުގައި ކަނޑައަޅާނީ މިކުންފުންޏަށް ފޯމު ހުށަހެޅުމުން ދޫކުރެވޭ ނަންބަރު ތަރުތީބަށެވެ.
އެހެންކަމުން، އެޕާޓްމަންޓް ކުއްޔަށްހިފުމަށް އެދިލައްވާ ފަރާތްތަކުން 'ވަގުތީ ޚިދުމަތަށް އެދި ހުށަހަޅާ ފޯމް' ފުރިހަމަ ކުރުމަށްފަހު ފޯމުގައި ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިޔުންތަކާއެކު މިކުންފުނީގެ ހެޑް އޮފީހަށް ނުވަތަ އީމެއިލްގެ ޒަރިއްޔާއިން [email protected] އަށް ފޮނުއްވުން އެދެމެވެ. 'ވަގުތީ ޚިދުމަތަށް އެދި ހުށަހަޅާ ފޯމް' މިކުންފުނީގެ ވެބްސައިޓުނާއި ( (www.gmizl.com. މިކުންފުނީގެ ހެޑް އޮފީހުން (ފެން ބިލްޑިންގ، 04 ވަނަ ފަންގިފިލާ) ލިބިވަޑައިގަންނަވާނެ ވާހަކަ ދަންނަވަމެވެ.
މަތީގައިވާ ކަންކަމާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް އެދިލައްވާނަމަ މިކުންފުނީގެ ހޮޓްލައިން ނަންބަރު 7957601 އަށް ގުޅުއްވުމަށް ދަންނަވަމެވެ.
09 ރަބީޢުލްއައްވަލް 1441
06 ނޮވެމްބަރ 2019
Fen Building/ 4th floor ފެން ބިލްޑިންގް/4 ވަނަ ފަންގިފިލާ
Ameenee Magu, Male’, Republic of Maldives އަމީނީމަގު، މާލެ، ދިވެހިރާއްޖެ
Tel: 3307513, 3307515 Fax: 3307514 ފޯން: 3307513،3307515 ފެކްސް: 3307514