ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލް
ހުޅުމާލެ، ދިވެހިރާއްޖެ
އަންދާސީ ހިސާބު ހޯދަން ބޭނުންވެއްޖެ
ނަންބަރު: TENDER/HMH/2019/028
10 ނޮވެމްބަރ 2019 ވަނަ ދުވަހަކީ ސަރުކާރު ބަންދުދުވަހެއްކަމުގައި ސަރުކާރުން ކަނޑައެޅުއްވުމާއި ގުޅިގެން، ހުޅުމާލެ ހޮސްޕިޓަލްގައި ވެންޑިންގ މެޝިންއެއް ބަހައްޓަން ބޭނުންވެގެން، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތެއް ހޯދުމަށް ކުރި އިއުލާން ނަންބަރު TENDER/HMH/2019/027 ބާތިލުކޮށް، އަލުން އެފުރުސަތު ހުޅުވާލަމެވެ.
މައުލޫމާތު ދިނުން: |
13 ނޮވެމްބަރ 2019 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލްވުމެއް ހުޅުމާލެ ހޮސްޕިޓަލް ގެ މީޓިންގ ރޫމުގައި އޮންނާނެއެވެ. ޝައުޤުވެރިވެލައްވާ ފަރާތްތަކުން ގަޑިއަށް ހާޒިރުވެ ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. |
އަންދާސީ ހިސާބު ހުށަހެޅުން: |
20 ނޮވެމްބަރ 2019 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ހުޅުމާލެ ހޮސްޕިޓަލް ގެ މީޓިންގ ރޫމުގައި އޮންނާނެއެވެ. |
|
މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ. |
އިތުރު މަޢްލޫމާތު ހޯދެވުމަށް ގުޅުއްވާނީ:
ފޯން: 3350111 / 3350147
އީ-މެއިލް: [email protected]
6 ނޮވެމްބަރ 2019