ދިވެހިރާއްޖެ
ނަންބަރު: A/IUL/344/2019/49
އިޢުލާން
އއ. ފެރިދޫ ބަނދަރު ސަރަހައްދުން ތެލުގެ ވިޔަފާރި ކުރުމަށް ބިމެއް ކުއްޔަށް ދޫކުރުން:
އއ. ފެރިދޫ ލޭންޑްޔޫސް ޕްލޭންގައި، ބަނދަރު ސަރަހައްދުގައި ތެލުގެ ވިޔަފާރި ކުރުމަށް ކަނޑައަޅާފައިވާ 600 އަކަފޫޓްގެ ބިން 10 އަހަރު ދުވަހުގެ މުއްދަތަށް، ތެލުގެ ވިޔަފާރި ކުރުމަށްޓަކައި ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި ބިން ތެލުގެ ވިޔަފާރިކުރުމަށްޓަކައި، ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ނޮވެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށް މިކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 27 ނޮވެމްބަރ 2019 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިކައުންސިލްގެ އިދާރާއަށް ދުރުވެ ދެއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރު ނުވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ.
09 ރަބީޢުލްއައްވަލް 1441