މަސައްކަތް
ނަންބަރު: 216MPAO/IUL/2019/53
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 11:07
ސުންގަޑި: 18 ނޮވެންބަރު 2019 14:00
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ޕެންޝަން އޮފީހުގެ ބޭނުމަށް ބިލްބޯޑުގައި އިސްތިހާރު ކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ

 

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު

 

"ޕެންޝަން އޮފީހުގެ ބޭނުމަށް ބިލްބޯޑުގައި އިސްތިހާރު ކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ"

ޕެންޝަން އޮފީހުގެ ބޭނުމަށް ބިލްބޯޑުގައި އިސްތިހާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތަކީ ދިވެހިރާއްޖޭގެ ޕެންޝަން ޤާނޫނާ އެއްގޮތަށް ޢަމަލުކުރާ ފަރާތެއްކަމުގައި ނުވާނަމަ ، އެފަދަ ފަރާތްތަކުގެ ޕްރޮޕޯސަލް ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

ތާރީޚު: 18 ނޮވެންބަރ 2019 ވާ ހޯމަ ދުވަހުގެ 14:00 ގައި 

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ސިޓީ ސްކޮއަރ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)

ޕްރޮޕޯސަލް ބަލައިގަތުން:

ތާރީޚު: 24 ނޮވެންބަރ2019 ވާ އާދިއްތަ ދުވަހުގެ 14:00 ގައި 

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ސިޓީ ސްކޮއަރ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު) 

 

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ނަންބަރު 1441 އާ ގުޅުއްވުން އެދެމެވެ. އަދި އީމެއިލް އިންނަމަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

 

06 ނޮވެންބަރު 2019