ދިވެހިރާއްޖެ
މި އިޢުލާންވަނީ 06 ނޮވެންބަރު 2019 11:40 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން |
ރ. ރަސްމާދޫ ބަނދަރު ސަރަހައްދުން ތެޔޮބޫތެއް ބެހެއްޓުމަށް ބިންދޫކުރުމާބެހޭ
ރަށުގެ ރައްޔިތުންނަށާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލުއިފަސޭހަ ގޮތެއްގައި ތެޔޮ ފޯރުކޮށްދިނުމުގެ ގޮތުން ބަނދަރު ސަރަހައްދުގައި ތެޔޮ ބޫތު ބެހެއްޓުމަށް ބޭނުންވާ ފަރާތްތަކަށް 09 އަކަފޫޓްގެ ބިމެއް ބިޑު އުޞޫލުން ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. މިބިމުގެ ބީލަންފެށޭ އަގަކީ އަކަފޫޓަކަށް 25 ލާރި އެވެ.
ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޤާނޫނު ނަމްބަރު 2014/18، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރު 2014/19، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
ވީމާ، މިބިމަށް ބީލަންހުށައެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލްގައި ހިމެނޭގޮތަށް މައުލޫމާތު ސާފުކުރައްވާ، ބީލަން ހުށައެޅުއްވުން އެދެމެވެ.
v މި ބީލަމުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 04 ނޮވެމްބަރ 2019 އިން 10 ނޮވެމްބަރ 2019 އަށް ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 ން މެންދުރު ފަހު 2:00 އަށް ނަންނޯޓް ކުރެއްވުންއެދެމެވެ.
މިބިމާބެހޭގޮތުން ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުން 12 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހުގެ މެންދުރު 01:00 ގައި ރަސްމާދޫ ކައުންސިލް އިދާރާގައެވެ. އަދި ބިޑު ހުށައެޅުން އޮންނާނީ 17 ނޮވެމްބަރ 2019 އަންގާރަ ދުވަހުގެ 01:00 ގައި ރަސްމާދޫ ކައުންސިލްގެ އިދާރާގައެވެ. އަމިއްލަފަރުދުންގެ ވިޔަފާރީގެ ވެރިފަރާތްނޫން އެހެންފަރާތެއް މައުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާނަމަވެސް ވެރިފަރާތުގެ ލިޔުމެއްގެންނަވަން ޖެހޭނެއެވެ.
އަދި މިކަމަށް ތައްޔާރު ކުރެވިފައިވާ ބިޑް ޑޮކިޔުމަންޓް ކައުންސިލުން ގަންނަން ލިބެން ހުންނާނެވާހަކަވެސް ދަންނަވެމެވެ.
މިކަމާއި ގުޅޭ ގޮތުން އިތުރުމަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ، ރަސްމީ ގަޑީގައި މިކައުންސިލްގެ ނަމްބަރ: 6580049 ފޯނަށް ގުޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތް ކުރެއްވުމަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަކަށް ހޮވޭނީ، ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން މާކްސް ދީގެން، އެންމެ މަތީ މާކްސް ލިބިލައްވާ ފަރާތެވެ.
1- މަސައްކަތުގެ އަގު (80 އިންސައްތަ)
2- މަސައްކަތް ނިންމޭނެ މުއްދަތު (10 އިންސައްތަ)
3- މިފަދަ މަސައްކަތެއް ކުރެވިދާނެކަމުގެ މާލީ ޤާބިލުކަމަށް (10 އިންސައްތަ)
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.