ޢާންމު މަޢުލޫމާތު
ނަންބަރު: GS124/IUL/2019/21
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 10:21
ސުންގަޑި: 20 ނޮވެންބަރު 2019 11:00
އިނގުރައިދޫ ސްކޫލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

a

އިނގުރައިދޫ ސްކޫލް                             Inguraidhoo School

 ރ. އިނގުރައިދޫ، ދިވެހިރާއްޖެ       R.Inguraidhoo / Republic of Maldives

                                               

                                    ނަންބަރ:  GS124/IUL/2019/21

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

ތިރީގައި މިދަންނަވާ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް          

        * މި ސްކޫލުގެ 8 ކުލާސްރޫމުގެ ތަޅުމު މުށިތައް ބަދަލުކުރަން ބޭނުންވެއެވެ.

            ވީމާ އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 ނޮވެންބަރ 2019 ވާ ހޯމަ ދުވަހުގެ 11:00އަށް މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 20 ނޮވެންބަރ 2019 ވާ ބުދަ ދުވަހުގެ 11:00އަށް އެސްޓިމޭޓް ހިއްޕަވައިގެން ސްކޫލަށް ދުރުވެދެއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުނުކޮށް ހުށައަޅާ އަންދާސީ ހިސާބު ޤަބޫލު ނުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކޮށްދިނުމަށް ކަނޑައެޅިފައިވާ ގަޑި ފިޔަވައި އިތުރު ވަގުތުތަކުގައި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައި ނުވާ ވާހަކަވެސް ދެންނެވީމެވެ. ނަމަވެސް މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކުން އެސްޓިމޭޓް ތައްޔާރުކުރުމަށް އިތުރު މަޢުލޫމާތު ބޭނުންނަމަ 6580002 ނަންބަރާ ގުޅުއްވުމުން އެމަޢުލޫމާތު ދެވޭނެއެވެ.

                       09 ރަބީޢުލްއައްވަލް 1441 ހ

                       06 ނޮވެންބަރު    2019 މ

 

              

 

 

                                           ސަޢީދު އިބްރާހިމް

                                               ( ޕްރިންސިޕަލް )

 

06 ނޮވެންބަރު 2019