ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)474-HR/1/2019/47
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި: 17 ނޮވެންބަރު 2019 13:30
މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

މަޤާމް:

އެކައުންޓްސް އޮފިސަރ

މަޤާމުގެ ނަންބަރ:

J-302875

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާއަދާ ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ، މާލެ

މުސާރަ:

-/6,295 ރުފިޔާ

ސަރވިސް އެލަވަންސް:

-/2,000 ރުފިޔާ

އެހެނިހެން އެލަވަންސް:

ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35

ސަޕޯޓިންގ ކޯ އެލަވަންސް ގޮތުގައި މަހަކު -/900 ރުފިޔާ ނުވަތަ ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެހިއްޖެނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 (ޓެކްނިކަލް ކޯ އެލަވަންސްގެ ކޯ ޑިސިޕްލިންއަކީ އެކައުންޓިންގ / ފައިނޭންސް އެވެ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީއިން ފައިސާ ދައްކަންޖެހޭ ބިލްތައް ބަލައިގަނެ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދެއްކުމާއި، އެމަސައްކަތާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމާއި ކޮށްފައިވޭތޯ ބަލައި ޗެކްކުރުން  
  2. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް އޮފީހުގެ ޕެޓީކޭޝްއިން ފައިސާދޫކުރުމާއި، ޕެޓީކޭޝްގެ ހިސާބުތައް ބެލެހެއްޓުން     
  3. މިނިސްޓްރީގެ ތިޖޫރީ ބެލެހެއްޓުން     
  4. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް ސްކޮލަރޝިޕް، ޓްރޭނިންގ ފަދަ ކަންކަމަށް ފޮނުވާ މުވައްޒަފުންނަށް ދޭންޖެހޭ ޚަރަދު ދެމެންގެންދޭތޯ ބަލައި ޗެކްކުރުން
  5. މިނިސްޓްރީގެ ބަޖެޓް އަދި ފައިނޭންޝަލް އޮޑިޓްކުރުމުގެ އެންމެހައި މަސައްކަތްތަކުގައި ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދެއްވާ ލަފަޔާއި އިރުޝާދުގެ ދަށުން، ހަރުދަނާކުރަންހުރި ކަންކަން ސެކްޝަންގެ އިސްވެރިޔާގެ ލަފަޔާއި އިރުޝާދުގެ ދަށުންކުރުން    
  6. މިނިސްޓްރީއަށް ނަގަންޖެހޭ ފައިސާ ނެގުމާއި، ޖަމާކުރަންޖެހޭ ފައިސާ ޖަމާކުރުމުގެ މަސައްކަތް ކުރުން 
  7. ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް، އަތޮޅުތަކަށް ކުރަންޖެހޭ ރަސްމީ ދަތުރުތަކަށް ބޭނުންވާ ފައިސާ ދިނުމާއި، ދޫކުރާ ފައިސާ ޚަރަދުކުރި ގޮތުގެ ރިޕޯޓް ތައްޔާރުކޮށްފައިވޭތޯ ބަލައި ޗެކްކުރުން   
  8. ފައިސާއާއި ގުޅުންހުންނަ ހުއްދަތައް (ދަތުރު ހުއްދަ، ކެޕިޓަލް ހުއްދަ، ޓެންޑަރ ހުއްދަ ފަދަ) ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވާތޯ ބަލައި ޗެކްކުރުން    
  9. ބަޖެޓް އެންޑް ފައިނޭންސް ސެކްޝަން އިން ޖަވާބު ދޭންޖެހޭ ސިޓީ އަދި އެހެނިހެން ލިޔެކިއުންތަކަށް ޖަވާބު ތައްޔާރުކުރުން   
  10. މެންޑޭޓްގައިވާ އެހެންހެން ކަންތައްތައް ހާސިލް ކުރުމަށް މިނިސްޓްރީގެ މުވައްޒަފުންނާއިއެކު މަސައްކަތްކުރުން

މަޤާމުގެ ޝަރުތުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން (އެކައުންޓިންގ / ފައިނަންސް) ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ސަނަދެއް ހާސިލްކޮށްފައިވުން

ވަޒީފާގެ ދާއިރާތައް

  1. ފައިނޭންސް
  2. އެކައުންޓިންގ

ތަޢުލީމީ ރޮނގުތައް

  1. ފައިނޭންސް
  2. އެކައުންޓިންގ

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މިފޯމް މިމިނިސްޓްރީގެ ވެބްސައިޓުން www.mcst.gov.mv  އަދި ކައުންޓަރުން ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ
  2. ސިވިލް ސަރވިސްގެ ވަޒިފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ
  3. މަސައްކަތުގެ ތަޖުރިބާ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުވައްސަސާއެއްގައި އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރިގޮތް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ "ރެފަރެންސް ޗެކް ފޯމް"

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރިގޮތް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ "ރެފަރެންސް ޗެކް ފޯމް"

(ރ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނީ ސިވިލް ސަރވިސް ކޮމިޝަނުން ނެރެ ޝާއިޢުކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަން ކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް 2018 ގައިވާ  ގޮތުމުގެ މަތިން، އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލް ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ. އަދި މިމަޤާމަށް އައްޔަންކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ (އެމް.އެސް 2) ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ. މިގޮތުން:

ތަޢުލީމާއި ތަމްރީން: %40

އިމްތިޙާން: %5

މަސައްކަތުގެ ތަޖުރިބާ:   % 15

ލިބިފައިވާ ހުނަރު: %40

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 ނޮވެމްބަރ 2019 (އާދީއްތަ) ދުވަހުގެ  13:30 ގެ ކުރިން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޯލޮޖީއަށެވެ. ވަޒީފާއަށް އެދޭ ފޯމްއާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިމްތިހާނު، އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާން، އިންޓަރވިއު އޮންނާނީ، 24 ނޮވެމްބަރ 2019 އާއި 28 ނޮވެމްބަރ 2019 އާ ދެމެދު، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޯލޮޖީގައެވެ.

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3302200 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

05 ނޮވެންބަރު 2019