ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)407/407/2019/40
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 16 ޑިސެންބަރު 2019 00:00
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިން ބޭރުގައި އިމާރާތްހަދައި ބޭނުންކުރުމާއި ބެހޭ

ގޯތިން ބޭރުގައި އިމާރާތްހަދައި ބޭނުންކުރުމާއިބެހޭ:

              އަމިއްލަ ދިރިއުޅުމަށާއި، އެހެނިހެން ބޭނުންތަކަށް މިއިދާރާއިން އެކިފަރާތްތަކަށް ދޫކޮށްފައިވާ  ބިންތަކާއި ޖެހިގެން އޮންނަ ހުސްބިތައް މިއިދާރާގެ ހުއްދަނެތި ބައެއް ފަރާތްތަކުން  ބޭނުން ކުރަމުން ގެންދާ ކަމުގެ ޝަކްވާ މިއިދާރާއަށް ދަނީ ލިބެމުންނެވެ.

             ވީމާ، މިދެންނެވި ފަދަ ބިންތަކުގައި ޤަވައިދާއި ޚިލާފަށް އެއްވެސް ފަރާތަކުން އިމާރާތްހަދައި އެފަދަ ބިންތައް ބޭނުން ކުރަމުން ގެންދާނަމަ، މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެފަދަ ތަންތަން ނަގައި ބިން ހުސްކުރުމަށް އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ. އަދި މިތާރީހާއި ހަމަޔަށް މިގޮތަށް ޢަމަލު ނުކޮށްފިނަމަ މިއިދާރާއިން އެފަދަ ތަންތަން ރޫޅާލަން ޖެހިއްޖެ ޙާލަތެއްގައި ރޫޅައިލުމުގައި ލިބޭ އެއްވެސް  ގެއްލުމަކަށް ޒިންމާ ނުވާނެ ވާހަކަ ވެސް އާއްމުކޮށް އަންގާ އިޢުލާނު ކުރަމެވެ.

05 ނޮވެންބަރު 2019