ޢާންމު މަޢުލޫމާތު
ނަންބަރު: 254/254/2019/43(IUL)
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:22
ސުންގަޑި: 14 ނޮވެންބަރު 2019 14:00
ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައުސިންގް ޔުނިޓް އަށް އެދުމާއި ގުޅޭ

                                             ނަމްބަރ: 254/254/2019/43(IUL) 

އިޢުލާން

ހައުސިންގް ޔުނިޓް އަށް އެދުމާއި ގުޅޭ

 

ސަރުކާރުގެ ބޯހިޔާކަމުގެ ވަޢުދުގައި ހިމެނޭ ބައިތަކުގެ ތެރެއިން މިހާރު ހިންގުމަށް ކަނޑައަޅާފައިވާ 20000 ( ވިހިހާސް) ހައުސިންގް ޔުނިޓް މަޝްރޫޢުގެ ދަށުން ހއ.އަތޮޅުގައި އެޅުމަށް ކަނޑައަޅިފައިވާ 1500 ( ފަނަރަ ސަތޭކަ) ހައުސިންގް ޔުނިޓްގެ ތެރެއިން މިރަށުގައި (ހއ.ތަކަންދޫ) އެޅުމަށް ހަމަޖެހިފައިވާ ހައުސިންގް ޔުނިޓާއި ރަށުގެ ހުސްބިމުގައި އިމާރާތްކުރާ ހައުސިންގް ޔުނިޓްގެ މަޝްރޫއެއް ދަނީ ހިނގަމުންނެވެ.

ވީމާ މިއިދާރާއިން މަޢުލޫމާތު އެއްކުރުމުގެ ގޮތުން އަމިއްލަ މީހުންގެ ހުސްގޯތީގައި ހައުސިންގް ޔުނިޓް އެޅުމަށް ބޭނުންވާ ފަރާތްތަކާއި ރަށުގެ ހުސްބިމުގައި އެޅުމަށް ހަމަޖެހޭ ހައުސިންގް ޔުނިޓު ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ބޭނުންވާ ކެޓަގަރީ އެނގޭގޮތަށް 14 ނޮވެމްބަރ 2019 ދުވަހުގެ ކުރިން މިއިދާރާއަށް އައިޑީ ކާޑް ކޮޕީ އަދި ސިޓީ ފޮނުވައި ދެއްވުން އެދެމެވެ.

                    

                           05  ނޮވެމްބަރ 2019

 

05 ނޮވެންބަރު 2019