ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)450-CA/1/2019/36
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:54
ސުންގަޑި: 12 ނޮވެންބަރު 2019 13:30
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ޑޭޓާ މެނޭޖްމަންޓް އޮފިސަރ

މަޤާމް :ޑޭޓާ މެނޭޖްމަންޓް އޮފިސަރ
ބޭނުންވާ އަދަދު :1

ނަންބަރު: (IUL)450-CA/1/2019/36

 

ވަޒީފާގެ ފުރުޞަތު

 

މަގާމު

ޑޭޓާ މެނޭޖްމަންޓް އޮފިސަރ   

ބޭނުންވާ ޢަދަދު

01

މަގާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް

އެމް.އެސް 2

މުސާރަ

މަހަކު 6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 2000 ރުފިޔާ

ލިވިންގ އެލަވަންސް

މަހަކު 3000 ރުފިޔާ

ރިސްކް އެލަވަންސް

75 ރުފިޔާ  (މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް)

އެހެނިހެން

މަގާމުގެ ގޮތުން ދެވޭ ޚާއްޞަ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ

ތަޢުލީމާއި ތަޖުރިބާ

 

 

 

 

 

 

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

 

 

 

 

 

 

ތައުލީމީ ފެންވަރު:

  1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސައިކޮލޮޖީ، ސޯޝިއޮލޮޖީ، ސޯޝަލް ސައިންސް ނުވަތަ ސޯޝަލް ވާރކް ދާއިރާއިން ދަށްވެގެން ބެޗެލަރސް ޑިގްރީ (ލެވެލް 7) ހާސިލް ކޮށްފައިވުން.  

މަސައްކަތުގެ ތަޖުރިބާ:

  1. މި މަސައްކަތާ ގުޅޭ ދާއިރާއިން 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

  1. އޮތޯރިޓީއަށް ހުށަހަޅާ މައްސަލަތަކާބެހޭ މަޢުލޫމާތު ހަމަޖެހިފައިވާ އުޞޫލުން ރިކޯޑްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  2. އޮތޯރިޓީއަށް ހުށަހަޅާ މައްސަލަތަކާއި ގުޅިގެން ކަމާ ގުޅުންހުރި މުއައްސަސާތަކުން އޮތޯރިޓީއަށް ހިއްސާކުރާ ތަފާސް ހިސާބު ކަނޑައެޅިފައިވާ އުސޫލުން ނެގުމާއި ޑޭޓާ ބޭސްއެއް ދުވަހުން ދުވަހަށް އެޅުން  
  3. އޮތޯރިޓީއިން ގެވެށި އަނިޔާގެ މައްސަލަތަކުގައި އެއްކުރަންޖެހޭ ތަފާސް ހިސާބު އެއްކުރުމުގައި މިހާރު ހުރި ގޮންޖެހުންތައް ދެނެގަތުމާއި ތަފާސް ހިސާބު އެއްކުރުމުގެ ނިޒާމް ހަރުދަނާ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ސުޕަރވައިޒަރގެ އިރުޝާދުގެ ދަށުން ކުރުން  
  4. އޮތޯރިޓީއަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ކުއާރޓާލީ އަދި އެނުއަލް ރިޕޯޓުތައް ތައްޔާރުކުރުން.
  5. އޮތޯރިޓީއިން އެއްކުރާ ތަފާސް ހިސާބާ ގުޅިގެން ހަދަންޖެހޭ ދިރާސާތައް ހެދުން
  6. ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތް ކުރާ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ހިންގާ ތަމްރީނު ޕްރޮގްރާމްތަކުގައި އެހީތެރިވުން.
  7. ގެވެށި އަނިޔާ ހުއްޓުވުމަށް އާންމުން ހޭލުންތެރިކުރުވުމަށް ކުރާ މަސައްކަތްތަކުގައި އެހީތެރިވުން.
  8. އޮތޯރިޓީން ނެރޭ ރިޕޯޓްތަކަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، ތައްޔާރުކުރުމުގައި އެހީތެރިވުން.
  9. 10.  މަތީގައިވާ ކަންތައްތަކުގެ އިތުރުން ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތް ކުރުން.

މިމަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއިއެކު ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

 

1- 1- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

 

2- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ).

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

3-  ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް.

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

6- ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ).

7- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ، މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަރވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ (ރިކޮމެންޑޭޝަން ލެޓަރ) ލިޔުމެއް (އޮޕްޝަނަލް).

 

 

 

އިތުރު މަޢުލޫމާތު:

1-      މި މަގާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

2-      މިމަގާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އިންޓަރވިއުގެ އިތުރުން މަގާމުގެ މަސައްކަތްތަކާ ގުޅުންހުރި މައުލޫމާތު ދެނެގަތުމަށްޓަކައި ޓެސްޓެއްގައި ބައިވެރިވާންވާނެއެވެ.  

3-      މިވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތެއް ދިނުމަށްފަހު ޙާޟިރީއާއި މަސައްކަތުގެ ފެންވަރަށްބަލައި ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

4-      މިމަޤާމަށް މުވައްޒަފަކު ހޮވޭނީ ތަޢުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ފެންވަރާއި ހުނަރާއި ޤާބިލްކަމަށް ބަލާ ކުރެވޭ އިންޓަވިއު އާއި ޓެސްޓް އިން އެންމެ މަތިން މާރކްސް ލިބޭ ފަރާތެއްގެ ކުށުގެ ރެކޯޑް ސާފުކުރުމަށްފަހު، ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރެކޯޑެއް ނުވާނަމައެވެ.

5-      އޮތޯރިޓީގެ ވަޒީފާތަކަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަޒީފާތަކެކެވެ.

 

މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ވަޒިފާއަށް އެދޭ ފޯމް ފުރިހަމަކުރައްވާ ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް 12 ނޮވެމްބަރ 2019 ވަނަދުވަހުގެ 13:30 ގެ ކުރިން މިއޮތޯރިޓީއަށް (ހ.ފުލިދޫގެ 2 ވަނަ ފަންގިފިލާ، ކަލާފާނު ހިނގުން) ހުށަހެޅުއްވުން އެދެމެވެ.

 

ނޯޓް:ވަޒީފާއަށް އެދޭފޯމް ޑައުންލޯޑްކުރުން:

http://fpa.gov.mv/uploads/downloads/FPA-Job-Application-latest.pdf

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯން: 3010551

ފެކްސް: 3010552

އީ-މެއިލް: [email protected]

ވެބްސައިޓް: www.fpa.gov.mv

ފޭސްބުކް: www.facebook.com/fpa.maldives

 

08 ރަބީޢުލްއައްވަލް 1441

04 ނޮވެމްބަރ 2019

04 ނޮވެންބަރު 2019