މަސައްކަތް
ނަންބަރު: (IUL)-BCC/2019/51
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 13:25
ސުންގަޑި: 06 ނޮވެންބަރު 2019 14:00
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ފަންނު އެކްސްޕޯ 2019" އަށް ބޭނުންވާ މެޓީރިއަލްސް ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

"ފަންނު އެކްސްޕޯ 2019" އަށް ބޭނުންވާ މެޓީރިއަލްސް ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

24 އޮކްޓޫބަރު 2019 ވީ ބުރާސްފަތި ދުވަހު ހުޅުވާލި ފުރުސަތަށް އެކަށީގެންވާ ވަރަށް ބިޑް ސަބްމިޝަން ލިބިފައިނުވާތީ "ފަންނު އެކްސްޕޯ 2019" އަށް ބޭނުންވާ މެޓީރިއަލްސް ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޑުން (އެމް.އީ.ޑީ) މިއަހަރު ބާއްވާ ދިވެހި އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒު "ފަންނު އެކްސްޕޯ 2019" ނޮވެންބަރު މަހުގެ 22 އިން 28 އަށް ދަރުބާރުގޭގައި އޮންނާނެއެވެ. މި މައުރަޒު ބާއްވާ ސަރަހައްދުގެ އިވެންޓް މެނޭޖްމެންޓް އެމް.އީ.ޑީ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) އާއި ދެމެދު ވެވުނު އެމް.އޯ.ޔޫ އެއްގެ ދަށުން ވަނީ ބީ.ސީ.ސީއާއި ހަވާލުކުރެވިފައިއެވެ. މި މަޢުރަޒުގެ މަޤްސަދަކީ ދިވެހި އުފެއްދުންތައް އިތުރުކޮށް، އެފަދަ އުފެއްދުންތަކަށް ރަނގަޅު މާކެޓެއް ހޯދައިދީ، ފަތުރުވެރިންނަށާއި އާއްމުންނަށް އެއްތަނަކުން ދިވެހި އުފެއްދުންތައް ފެނިގެންދާނެ މާހައުލެއް ޤާއިމުކޮށްދިނުމެވެ. މިއީ މިގޮތުން ދިވެހިރާއްޖޭގައި ބޭއްވޭ މިފަދަ އެންމެ ބޮޑު މައުރަޒުކަންވެސް މަޢުލޫމާތައްޓަކައި ދަންނަވާލަމެވެ.

މިގޮތުން "ފަންނު އެކްސްޕޯ 2019" އަށް ބޭނުންވާ މެޓީރިއަލްސް ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތާއި ބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 5 ނޮވެންބަރު 2019 ވާ އަންގާރަ ދުވަހުގެ މެންދުރު 02:00 ގައި ބީ.ސީ.ސީ މީޓިންގ ރޫމްގައިއެވެ. އަދި ބީލަން ހުޅުވުން އޮންނާނީ 6 ނޮވެންބަރު 2019 ވާ ބުދަ ދުވަހުގެ މެންދުރު 02:00 ގައި ބީ.ސީ.ސީ މީޓިންގ ރޫމްގައިއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.  ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. މައުލޫމާތު ދިނުމުގެ ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަވެސް މައުލޫމާތައްޓަކައި ދަންނަވާލަމެވެ.

 

ބީ.ސީ.ސީގެ ހެޑް އޮފީހުގެ އެޑްރެސް ތިރީގައި މިވަނީއެވެ. އިތުރު މަޢުލޫމާތު އީމެއިލް މެދުވެރިކޮށް ނުވަތަ ފޯނުގެ ޒަރިއްޔާއިން ނުވަތަ ހެޑް އޮފީހުންވެސް ލިބިވަޑައިގަންނަވާނެއެވެ. 

 

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން

4 ވަނަ ފަންގިފިލާ، ސަކީނާމަންޒިލް

މެދުޒިޔާރަތްމަގު، މާލެ، ދިވެހިރާއްޖެ

ފޯން: 548-3010

އީމެއިލް: [email protected]

04 ނޮވެންބަރު 2019