މަސައްކަތް
ނަންބަރު: 254/254/2019/40(IUL)
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:39
ސުންގަޑި: 10 ނޮވެންބަރު 2019 11:00
ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ޞަލާތު ކަރަންޓް ސަޕްލައި ބަދަލުކުރުމުގެ މަސައްކަތް ކުރުމާއި ގުޅޭ

                                             ނަމްބަރ: 254/254/2019/40(IUL) 

އިޢުލާން

 

މަސްޖިދުލް ޞަލާތު ކަރަންޓް ސަޕްލައި ބަދަލުކުރުމުގެ މަސައްކަތް ކުރުމާއި ގުޅޭ

 

މިއިދާރާއިން ކުރި 254/254/2019/34(IUL)  ( މަސްޖިދުލް ޞަލާތު ކަރަންޓް ސަޕްލައި ބަދަލުކުރުމުގެ މަސައްކަތް ކުރުމާއި ގުޅޭ) ނަމްބަރ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

މަސްޖިސުލް ޞަލާތު ކަރަންޓް ސަޕްލައި ބަދަލުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.        މިކަމަށް ޝައުޤުވެރިވެލައްވާ ކުންފުނި އަދި ފަރުދުންގެ ވިޔާފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައަޅާ ފޯމު ދޫކުރުމާއި މަޢުލޫމާތު ސާފުކޮށް ދިނުމުގެ ޕްރީބިޑް ބައްދަލުވުން 10 ނޮވެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިކައުންސިލް އިދާރާގައި އޮންނާނެއެވެ.

އަންދާސީ ހިސާބު ހުށައަޅާ ފަރާތް ތަކުން ފޯމް ސިޓީ އުރާގައި ބަންދު ކުރެއްވުމަށްފަހު 17 ނޮވެމްބަރ 2019 ވާ ބްރާސްފަތި ދުވަހު 11:00  އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުން އެދެމެވެ. އަންދާސީ ހިސާބު ހުށައަޅާ ފަރާތް ތަކުގެ ފޯމް ކެނޑުން ހުށައަޅާ ފަރާތް ތަކުގެ ޙާޟިރުގައި އޮންނާނެވެ.

މަސައްކަތް ކުރަންއެދޭ ފަރާތުން ބަދަލުގައި މީހަކު ފޮނުވާނަމަ ފޮނުވާ ފަރާތުގެ ނަމާއި އެޑްރެސް އަދި އައިޑީ ކާޑް ނަންބަރު ޖައްސަވާ  ސިޓީ އާއި އެކު އައިޑީ ހިއްޕަވައިގެން ޙާޟިރުވުމަށް ދަންނަވަމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު  ބަލައެއް ނުގަނެވޭނެއެވެ.

04 ނޮވެންބަރު 2019