ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)408-CA/408/2019/50
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 09:17
ސުންގަޑި: 13 ނޮވެންބަރު 2019 11:00
ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމާބެހޭ:

              ކޮންޓްރެކްޓު އުޞޫލުން މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު: IUL)408-CA/408/2019/49 (20 އޮކްޓޫބަރު 2019) އިޢުލާނާ ގުޅިގެން ބިޑު ހުށަހެޅުމަށް އައިސްފައިވަނީ އެކަށީގެންވާ ޢަދަދަށްވުރެ މަދުން ކަމުގައިވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

              ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  10 ނޮވެމްބަރު 2019 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 13 ނޮވެމްބަރު 2019 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ކުރިމަތިލެވޭނި، ވިޔަފާރި ރަޖިސްޓަރީކުރުމުގެޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6820007 ނަންބަރު ފޯނަށެވެ.

              މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

30 އޮކްޓޫބަރު 2019