އިޢުލާން
|
މަޤާމް
|
އެސިސްޓެންޓް އެންޖިނިއަރ
|
މަގާމުގެ ނަންބަރު:
|
J 235731
|
ބޭނުންވާ އަދަދު:
|
1
|
މަގާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
އެމް. އެސް 2
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް / މާލެ ، ވޯޓަރ އެންޑް ސެނިޓޭޝަން
|
މުސާރަ:
|
-/6295 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
-/3,500 ރުފިޔާ
|
ސްޕެޝަލް ޑިއުޓީ އެލަވަންސް:
|
2,203/25 ރުފިޔާ
|
ސަޕޯޓިންގ ކޯ އެލަވަންސް:
|
1762/60 ރުފިޔާ
|
މަގާމުގެ ޝަރުތު
|
- ސިވިލް އިންޖިނިއަރިންގ ނުވަތަ ސްޓްރަކްޗަރަލް އިންޖިނިއަރިންގ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
|
މަގާމުގެ މައިގަޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:
|
- ރަށްރަށުގައި ޤާއިމްކޮށް ޚިދުމަތް ދެވެމުންދާ ފެނާއި ނަރުދަމާ ފެން ފޯރުކޮށްދޭ ނިޒާމުގެ ކުރަންޖެހޭ ސަރވޭއާއި ދިރާސާތައް ކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވެ، ރިޕޯޓް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ފޮނުވުން.
- ޔޫޓިލިޓީ މެދުވެރިކޮށް ރަށްރަށުގައި ފެނާއި ނަރުދަމާ ޚިދުމަތުގެ ޕާރފޯމެންސް ރިވިއު ކުރިއަށްގެންދިޔުމާއި ކްއާރޓަލީ ޕާރފޯމަންސް ރިޕޯޓް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން
- ރަށްރަށުގައި ޤާއިމް ކުރެވޭ ނަރުދަމާ ނިޒާމްތައް އޮޕަރޭޓް ކުރުމުގައި ދިމާވާ މައްސަލަތައް ހައްލު ކުރުމަށްޓަކައި ބޭނުންވާ ފަންނީ ލަފާ ދިނުން.
- ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ އެހީ ހޯދުމަށްޓަކައި ޕްރޮޕޯސަލްއާއި އެހެނިހެން ލިޔުންތައް ތައްޔާރުކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުން.
5. ރަށްރަށުގައި ނަރުދަމާ ނިޒާމްތައް ޤާއިމްކޮށް ތަރައްޤީ ކުރުމުގައި ޓެކްނޮލަޖީގެ ގޮތުން ކުރިއެރުވުމުގެ އުސޫލުތަކަށް ތަރުޙީބުދީ އެކަމާ ގުޅޭ ހޯދުންތައް ހޯދައި ކަމާ ބެހޭ ފަރާތްތަކުގެ މަޝްވަރާގެ މަތިން ފެނާއި ނަރުދަމާ ނިޒާމްގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި އޭގެ ބޭނުން ހިފުން. 6. ރަށްރަށުގައި ޤާއިމް ކުރުވޭ ފެނާއި ނަރުދަމާ ނިޒާމްތަކާއި ގުޅޭ ގޮތުން މިނިސްޓްރީއަށް ހުށަހެޅޭ ޕްރޮޕޯސަލްއާއި ޑިޒައިންގ ރިޕޯޓްތައް އިވެލުވޭޓް ކުރުން. އަދި ތައްޔާރު ކުރެވޭ ރިޕޯޓްތައް ޤަވާއިދުން ކަމާ ބެހޭ ފަރާތްތައް ފޮނުވުން. 7. ނަރުދަމާ ނިޒާމްގެ ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެ، ބައްދަލުވުމުގެ ޔަޢުމިއްޔާ ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން. 8. ޕްރޮޖެކްޓާއި ގުޅުންހުރި މަސައްކަތްތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތަކުގައި ބައިވެރިވުން. އަދި ކަނޑައެޅިފައިވާ މުއްދަތުގައި ދަތުރު ރިޕޯޓް ތައްޔާރުކޮށް ކަމާ ބެހޭ ފަރާތްތަކަށް ފޮނުވުން. 9. ސެކްޓަރ ވާރކްޕްލޭންގައި ކަނޑައެޅިފައިވާ މަސައްކަތްތައް ކަނޑައަޅާފައިވާ ތާރީޚަށް ނިންމުން.
10. މީގެއިތުރުން ޑިޕާރޓްމަންޓުން ކުރިއަށް ގެންދާ މަޝްރޫޢުތަކާއި ބެހޭ އެހެނިހެން މަސައްކަތްތައް ވެސް ކަނޑައެޅިފައިވާ މުއްދަތަށް ނިންމާ ޒިންމާދާރު ގޮތެއްގައި އެކަންކަން ކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
|
- ތިމާވެށި އަދި ފެނާއި ނަރުދަމާގެ ދާއިރާއިން މައުލޫމާތު ލިބިފައިވާ މިންވަރު
- ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ) މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ. )
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒުކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުއްޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުއްޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
މަގާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަށްޖެހޭ ތަކެތި ހުށަހަޅާނީ 2019 ނޮވެމްބަރ 14 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަރވިއު ( އިމްޠިޙާނާއި ޕްރެޒެންޓޭޝަން ) އޮންނާނެ ތަނާއި މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި އިމްތިޙާން ކުރުން 17 ނޮވެމްބަރ 2019 އާއި 21 ނޮވެމްބަރ 2019 އާ ދޭތެރޭގެ ތާރީޚެއްގައި މި މިނިސްޓްރީގައި އޮންނާނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޙުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ (10 ) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުމަށް:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅާނީ މި މިނިސްޓްރީގެ ނަންބަރު ,3018330,30183283018329 އަށް ގުޅުއްވުން އެދެމެވެ.
|
03 ރަބީޢުލްއައްވަލް 1441
31 އޮކްޓޯބަރ 2019
|