މަސައްކަތް
ނަންބަރު: (IUL)-BCC/2019/49
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2019
ޕަބްލިޝްކުރި ގަޑި: 1118
ސުންގަޑި: 06 ނޮވެންބަރު 2019 1430
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
"ފަންނު އެކްސްޕޯ 2019" އަށް ދަރުބާރުގެ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޑުން (އެމް.އީ.ޑީ) މިއަހަރު ބާއްވާ ދިވެހި އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒު "ފަންނު އެކްސްޕޯ 2019" ނޮވެންބަރު މަހުގެ 22 އިން 28 އަށް ދަރުބާރުގޭގައި އޮންނާނެއެވެ. މި މައުރަޒު ބާއްވާ ސަރަހައްދުގެ އިވެންޓް މެނޭޖްމެންޓް އެމް.އީ.ޑީ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) އާއި ދެމެދު ވެވުނު އެމް.އޯ.ޔޫ އެއްގެ ދަށުން ވަނީ ބީ.ސީ.ސީއާއި ހަވާލުކުރެވިފައިއެވެ. މި މަޢުރަޒުގެ މަޤްސަދަކީ ދިވެހި އުފެއްދުންތައް އިތުރުކޮށް، އެފަދަ އުފެއްދުންތަކަށް ރަނގަޅު މާކެޓެއް ހޯދައިދީ، ފަތުރުވެރިންނަށާއި އާއްމުންނަށް އެއްތަނަކުން ދިވެހި އުފެއްދުންތައް ފެނިގެންދާނެ މާހައުލެއް ޤާއިމުކޮށްދިނުމެވެ. މިއީ މިގޮތުން ދިވެހިރާއްޖޭގައި ބޭއްވޭ މިފަދަ އެންމެ ބޮޑު މައުރަޒުކަންވެސް މަޢުލޫމާތައްޓަކައި ދަންނަވާލަމެވެ.

މިގޮތުން "ފަންނު އެކްސްޕޯ 2019" އަށް ދަރުބާރުގެ ހެދިފައިވާ ކޮންސެޕްޓާއި އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތާއި ބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 4 ނޮވެންބަރު 2019 ވާ ހޯމަ ދުވަހުގެ މެންދުރު 02:30 ގައި ބީ.ސީ.ސީ މީޓިންގ ރޫމްގައިއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ހާޒިރީ ނުދެވޭނެއެވެ. އަދި ބީލަން ހުޅުވުން އޮންނާނީ 6 ނޮވެންބަރު 2019 ވާ ބުދަ ދުވަހުގެ މެންދުރު 02:30 ގައި ބީ.ސީ.ސީ މީޓިންގ ރޫމްގައިއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. މައުލޫމާތު ދިނުމުގެ ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަވެސް މައުލޫމާތައްޓަކައި ދަންނަވާލަމެވެ.  

ބީ.ސީ.ސީގެ ހެޑް އޮފީހުގެ އެޑްރެސް ތިރީގައި މިވަނީއެވެ. އިތުރު މަޢުލޫމާތު އީމެއިލް މެދުވެރިކޮށް ނުވަތަ ފޯނުގެ ޒަރިއްޔާއިން ނުވަތަ ހެޑް އޮފީހުންވެސް ލިބިވަޑައިގަންނަވާނެއެވެ. 

 

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން

4 ވަނަ ފަންގިފިލާ، ސަކީނާމަންޒިލް

މެދުޒިޔާރަތްމަގު، މާލެ، ދިވެހިރާއްޖެ

ފޯން: 548-3010

އީމެއިލް: [email protected]

2019-11-02