ދިވެހިރާއްޖެ
ނީލަން
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
IUL) 25-A4/25/2019/28) : ނަންބަރު
މިނިސްޓްރީގައި ހުރި ބައުވެހަލާކުވެފައިވާ ތަކެތި ނީލަންކިޔުން
އިޢުލާން
މި މިނިސްޓްރީގައި ހުރި ބައުވެހަލާކުވެފައިވާ ތަކެތި ނީލަންކިޔުން:
މި އިޢުލާނަކީ މި މިނިސްޓްރީގެ ނަންބަރު (IUL)25-A4/25/2019/26 (20 އޮކްޓޯބަރ 2019) އިޢުލާނާއި ގުޅިގެން ނީލަން ކިޔުމަށް ހުށަހަޅާފައިވާ ތަކެއްޗަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ ދެވަނަފަހަރަށް ކުރެވޭ އިޢުލާނެކެވެ.
ވީމާ، މި މިނިސްޓްރީގައި ހުރި ބައުވެހަލާކުވެފައިވާ ތަކެތި ނީލަންކިޔުން، 2019 ނޮވެމްބަރ 13 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި މިމިނިސްޓްރީގެ މަރާމާތުކުރަމުންދާ އިމާރާތުގެ ގުރައުންޑް ފްލޯރގައި އޮންނާނެއެވެ. މިއިޢުލާނާއިއެކު ނީލަންކިޔާ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި މިތަކެތި ވިއްކުމަށް ކަނޑައަޅާފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
އެހެންކަމުން، ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ތާރީޚަށް މި މިނިސްޓްރީގެ މަރާމާތުކުރަމުންދާ އިމާރާތަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ބޭފުޅުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ޓެލެފޯން ނަންބަރު 3323400 އަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
03 ރަބީޢުލްއައްވަލް 1441
31 އޮކްޓޯބަރ 2019