ދިވެހިރާއްޖެ
މާލެއަތޮޅު ދިއްފުށީ މެޖިސްޓްރޭޓް ކޯޓް
ދިއްފުށި،
ދިވެހިރާއްޖެ.
ނަންބަރު: H3C-A/2019/02
އިޢުލާން
ކ.ދިއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުޞޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާ ގުޅޭ.
މިކޯޓުގެ ޢިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 2019 ނޮވެމްބަރ 13 ވަނަ ދުވަހުގެ 11:00 އަށް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި، މަޢުލޫމާތު ސާފުކުރައްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 14 ނޮވެމްބަރ 2019
އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 11:00
އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ކ.ދިއްފުށީ މެޖިސްޓްރޭޓް ކޯޓް
03 ރަބީޢުލްއައްވަލް 1441
31 އޮކްޓޫބަރ 2019