ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2019/88
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 11:25
ސުންގަޑި: 14 ނޮވެންބަރު 2019 14:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިންމަފުށީ ކައުންސިލްގެ ފަރާތުން 2 މީހަކު ޢުމްރާ އަށް ފޮނުވުމާބެހޭ

އިޢުލާން

ހިންމަފުށީ ކައުންސިލްގެ ފަރާތުން 2 މީހަކު ޢުމްރާ އަށް ފޮނުވުމާއިބެހޭ

         ހިންމަފުށީ ކައުންސިލްގެ ފަރާތުން 1441 ވަނައަހަރު ރައްޔިތުންގެ ތެރެއިން 2 މީހަކު ޢުމްރާއަށް ފޮނުވުމަށް ވަނީ ނިންމާފައެވެ.

         ވީމާ، ޢުމްރާއަށް ފޮނުވުމާބެހޭ އުޞޫލުގައިވާ ޝަރުޠުތައް ހަމަވާ ފަރާތްތަކުގެ ތެރެއިން އެކަމަށް އެދޭ ފަރާތްތަކުން " ޢުމްރާ އަށް ދިއުމަށް އެދޭ ފޯމް " ފުރިހަމަކުރައްވާ 14 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

       އުމުރާއަށް ފޮނުވާ ފަރާތް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ، މިއިޢުލާނާއެކުވާ އުޞޫލުގައިވާ ގޮތުގެމަތީން ޚާއްޞަ ކޮމިޓީއަކުން ޝަރުޠު ހަމަވާ ފަރާތްތަކަށް ބަލާ ގުރުއަތުން ނެވެ.

        މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                       

30 އޮކްޓޫބަރު 2019