ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)142-A1/142/2019/59
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 20:37
ސުންގަޑި: 05 ނޮވެންބަރު 2019 12:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
މި މިނިސްޓްރީއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މިނިސްޓްރީގެ ސެކިއުރިޓީ އޮފިސަރުން އަދި ސަޕޯރޓް ސްޓާފުންގެ ޔުނިފޯމް ފަހައިދޭނެ ފަރާތެއް ހޯދުން: އިޢުލާންގެ ވަނަ: 2

މިމިނިސްޓްރީއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިނިސްޓްރީގެ ސެކިއުރިޓީ އޮފިސަރުންނާއި ސަޕޯރޓް ސްޓާފުންގެ ޔުނިފޯމް ފަހައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)142-A1/142/2019/46 އިޢުލާނަށް އެކަށީގެންވާ ޢަދަދަށް ބިޑް ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި މިނިސްޓްރީއަށް ޙާޟިރުވެ ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓަރ ކުރެއްވުމަށްފަހު ބިޑް ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ޕްރިބިޑް މީޓިންގައި ޙަވާލުކުރެވޭނެއެވެ. އޭގެ ފަހުން މަޢުލޫމާތު ކަރުދާސް ލިބިގަތުމަކީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފަރާތުގެ ޒިންމާއެކެވެ.

 

ބިޑް ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރުން

މިނިސްޓްރީގެ ރިސެޕްޝަން

31 އޮކްޓޯބަރ 2019 އިން 05  ނޮވެމްބަރ 2019 ގެ 12:00 ގެ ނިޔަލަށް

ޕްރި ބިޑްމީޓިން

މިނިސްޓްރީގެ މީޓިންގރޫމް 1

05 ނޮވެމްބަރ 2019 ގެ 13:30 އަށް

ބިޑް ހުށަހެޅުން

މިނިސްޓްރީގެ މީޓިންގރޫމް 1

7 ނޮވެމްބަރ 2019 ގެ 9:30 ގައި

 

 

       މިނިސްޓްރީގެ ރިސެޕްޝަން ހުޅުވިފައި ހުންނާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން މެންދުރު 13:30 އަށެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދަންނަވަމެވެ.

       އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020261 ފޯނަށެވެ.

30 އޮކްޓޫބަރު 2019