ދިވެހިރާއްޖެ
އެސްޓީއޯ އިމާރާތްތަކުގައި ހުރި އަލިފާން ނިވާ ފުޅިތައް 01 އަހަރުދުވަހުގެ މުއްދަތަށް ސާރވިސްކޮށް ރީފިލް ކޮށްދިނުމުގެ މަސައްކަތް
ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
އެސްޓީއޯ އިމާރާތްތަކުގައި ހުރި އަލިފާން ނިވާ ފުޅިތައް 01 އަހަރު ދުވަހުގެ މުއްދަތައް ސާރވިސްކޮށް ރީފިލް ކޮށްދިނުމުގެ މަސަައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު، ނަންބަރު 60-އޭޑީއެމް/252/2019 އިއުލާނަށް އެކަށީގެންވާ އިޖާބައެެއް ލިބިފައިނުވާތީ، އެ އިއުލާން ބާޠިލްކޮށް އަލުން އިއުލާން ކުރަމެވެ. ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތުގެވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ރަޖިސްޓަރީކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2019 ނޮވެމްބަރު 06 ވާ ދުވަހު 1200 ގެ ކުރިން އެސް.ޓީ.އޯ ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.
ބީލަންކަރުދާސްދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2019 ނޮވެމްބަރު 06 ވާ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
މައުލޫމާތުދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2019 ނޮވެމްބަރު 07 ވަނަ ދުވަހު 1400 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހެޑް އޮފީހުގައި އޮންނާނެއެވެ.
ސުވާލާއިޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2019 ނޮވެމްބަރު 10 ވާ ދުވަހުގެ 1200 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2019 ނޮވެމްބަރ 12 ވާ ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2019 ނޮވެމްބަރު 17 ވަނަ ދުވަހު 1400 ގައި އެސް.ޓީ.އޯ ހެޑް އޮފީހުގައެވެ.
އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ:
ފޯނު: 3344262, 3344332
އީމެއިލް: [email protected]
30 އޮކްޓޯބަރ 2019