ކުއްޔަށް ދިނުން
ނަންބަރު: : (IUL)267/267/2019/44
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 12:53
ސުންގަޑި: 17 ނޮވެންބަރު 2019 11:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުމުންދޫ ބަނދަރު ސަރަޙައްދުން ތެޔޮ ވިއްކުމަށް ބިން ކުއްޔަށް ދޫކުރުން: 2 ވަނަ ފަހަރަށް

                                                      ނަންބަރ: (IUL)267/267/2019/44

                          އިޢުލާން


ކުމުންދޫ ބަނދަރު ސަރަޙައްދުން ތެޔޮ ވިއްކުމަށް ބިން ކުއްޔަށް ދޫކުރުން:

ކުމުންދޫ ބަނދަރު ސަރަޙައްދުން ތެޔޮވިއްކުމަށް 15 އަހަރުދުވަހުގެ މުއްދަތަށް 1 ބިން ކުއްޔައްދޫކުރުމަށް ހުޅުވާލަމެވެ.

ވީމާ، މި ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ނޮވެމަބަރ 2019 ވަނަ ދުވަހުގެ 11:00 އަށް ކުމުންދޫ ކައުންސިލް އިދާރާ އަށް ދުރުވެ ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

ބިމުގެ މަޢުލޫމާތު:-

#

ބިން އޮތް ސަރަޙައްދު

ބިމުގެ ބާވަތް

ބިމުގެ ބޮޑުމިން

ބިމުގެ އަދަދު

ދޫކުރެވޭ އެންމެ ކުޑަކުލި

1

ހދ.ކުމުންދޫ ބަނދަރު އިރުމަތީ ފަރާތުން

ތެޔޮވިއްކާ

1500 އަކަފޫޓު

01

އަކަފޫޓަކަށް މަހަކު 60/- ލާރި

ބިން ތަރައްޤީކުރުން:

ބިން ލިބިއްޖެނަމަ، އެ ބިން ތަރައްޤީކޮށް ވިޔަފާރި ފަށާނެ ތާރީޚެއް އަންދާޒާކޮށް ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.

ބިން ކުއްޔަށް ހިފާ ފަރާތުން، އިޖުތިމާޢީގޮތުން ކޮށްދޭނެ ކަންތައްތައް

ބިން ކުއްޔަށް ހިފާ ފަރާތުން ރަށުގެ އިޖުތިމާޢީކަންކަމަށް އަހަރަކު ކުރާނެ ކަންކަން ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.   

ބިން ކުއްޔަށް ހިފުމަށް ހުށަހަޅާ ކުލި:

ބިން ކުއްޔަށް ހިފާ ފަރާތުން ހުށަހަޅާ އެންމެ ބޮޑު ކުލި ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.

ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

ބިން ކުއްޔަށް ހިފުމަށް އެދި ތައްޔާރުކޮށްފައިވާ ޕްރޮޕޯޒަލް

ކުންފުއްޏަކުން ނުވަތަ ލޯކަލް އިންވެސްޓުމެންޓަކުން ޕްރޮޕޯޒަލް ހުށަހަޅާނަމަ، ކުންފުނީގެ ނުވަތަ ލޯކަލް އިންވެސްޓުމެންޓުގެ ރަޖިސްޓަރީގެ ކޮޕީއާއި، އަހަރީ ފީ ދައްކާފައިވާ ރަސީދުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

 

 

 

 

 

މާކުސް ދެވޭގޮތުގެ ތަފުސީލު:

މާކުސް ދެވޭނެ ކްރައިޓީރިއާ

މާކުސް ދެވޭގޮތް

ތަފުސީލު

ހުށަހަޅާ މަހުކުއްޔަށް

% 50

  • ހުށަހަޅާ މަހު ކުއްޔަށް ދެވޭ މާކުސް  
  • މި މާކުސް ދެވޭނީ މި ކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑު މަހުކުއްޔަކީ ބެންޗްމާކު ކަމުގައި ބަލައިގެން ކަނޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ބޮޑު އަގަށެވެ.

ބިން ތަރައްޤީކޮށް ވިޔަފާރި ފެށުމަށް ހުށަހަޅާ ގޮތަށް  

% 20

  • ބިން ތަރައްޤީކުރުމަށް ހުށަހަޅާ ގޮތަށް ދެވޭ މާކުސް
  • މި މާކުސް ދެވޭނީ މި ކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ބިން ތަރައްޤީކޮށް ވިޔަފާރި ފެށުމަށް ހުށަހަޅާ އެންމެ ފުރިހަމަ އަދި އެންމެ ކުޑަ މުއްދަތަކީ ބެންޗްމާކު ކަމުގައި ބަލައިގެން ހުށަހެޅޭ ހުރިހާ މުއްދަތެއްގެ މެދުގައި ކަނޑައެޅިފައިވާ % އެއް ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ރަނގަޅު، ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށެވެ.

އިޖުތިމާޢީ ކަންކަމަށްކުރާ ޚަރަދަށް

% 30

  • އިޖުތިމާޢީ ކަންކަމަށް ކުރާ ހޭދައަށް ދެވޭ މާކުސް    
  • މި މާކްސް ދެވޭނީ މި ކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން އިޖުތިމާޢީ ކަންކަމަށް ހުށަހަޅާފައިވާ އެންމެ ބޮޑު އަދަދަކީ ބެންޗްމާކު ކަމަށް ބަލައިގެން ކަނޑައެޅިފައިވާ % އެއް ހުށަހެޅުނު ޢިނާޔަތްތަކުގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ އެންމެބޮޑު އަދަދެއް ހުށަހަޅާފައިވާ ފަރާތަށެވެ. 

 

                          30 އޮކްޓޫބަރ 2019

 

30 އޮކްޓޫބަރު 2019