ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2019/228
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 11:24
ސުންގަޑި: 10 ނޮވެންބަރު 2019 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕްރޮކިއުމަންޓް އޮފިސަރ (މެކްސިމަމް / މިނިމަމް)

މަޤާމް :ޕްރޮކިއުމަންޓް އޮފިސަރ (މެކްސިމަމް/މިނިމަމް)
ބޭނުންވާ އަދަދު :1

މަޤާމު:

ޕްރޮކިއުމަންޓް އޮފިސަރ (މެކްސިމަމް)

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު 

ޑިޕާޓްމަންޓް / ސެކްޝަން:

ޕްރޮކިއުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް

ގްރޭޑް:

5

ސްޕައިން ޕޮއިންޓް:

27

މުސާރަ:

މަހަކު 7,835/52 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,358/08 ރުފިޔާ

ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުޞޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  1. މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިޔޫ.އެފް ލެވެލް 7/8 ގެ ސެޓްފިކެޓެއް ލިބިފައިވުން.

ޕްރޮކިއުމަންޓް އޮފިސަރ(މެކްސިމަމް) (ސްޕައިން ޕޮއިންޓް 27) ގެ މަޤާމަށް ޤާބިލު ފަރާތެއް ނުލިބިއްޖެނަމަ، ޕްރޮކިއުމަންޓް އޮފިސަރ (މިނިމަމް) (ސްޕައިން ޕޮއިންޓް 23) ގެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

ޕްރޮކިއުމަންޓް އޮފިސަރ )މިނިމަމް)

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު 

ޑިޕާޓްމަންޓް / ސެކްޝަން:

ޕްރޮކިއުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް

ގްރޭޑް:

4

ސްޕައިން ޕޮއިންޓް:

23

މުސާރަ:

މަހަކު 6,936/73ރ

ސަރވިސް އެލަވަންސް:

މަހަކު 2,972/88 ރ

ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުޞޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  1. ސެޓިފިކެޓް ލެވެލް 5/6 ގެ ސަރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 1 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  2. ސެޓިފިކެޓް ލެވެލް 4 ގެ ސަރޓިފިކެޓްއަށްފަހު 2 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  3. ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ އަދި އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރު ދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯރމަލް ޓްރޭނިންގ އާއެކު) ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ފެކަލްޓީ / ސެންޓަރ، ކެމްޕަސް އަދި އިދާރީ މަރުކަޒުން ފޮނުވާ ތަކެއްޗަށް އެދޭ ފޯރމްތައް ލިބުމުން އެންޓްރީން ނެގުން.
  • މަރުކަޒުތަކުން ފޮނުވާ ރިކްއެސްޓް ލިސްޓްތައް އަދާހަމަކޮށް ބެލެހެއްޓުން.
  • ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް، ތަކެތި ލިބެންހުރިތަންތަން ބަލައި، އަގުހޯދުމަށް ހަމަޖެހިފައިވާ އުޞޫލުން އަގުހޯދުމާއި އަގުޖެހުމަށްފަހު، ވެރިޔާ ލައްވާ އަގު ފާސްކުރުން.
  • ޕާރޗޭސް އޯރޑަރތައް ތައްޔާރުކޮށް ފުރިހަމަކުރުމަށްފަހު، އެއެއްޗެއް ގަތުމަށް ހަމަޖެހިފައިވާ ތަނަކަށް ގެންގޮސް/ފޮނުވުމަށްފަހު މުދާ ގެނައުން.
  • ދުވަހުންދުވަހަށް ހޯދަންޖެހޭ ތަކެތި ހޯދުމާއި،  ނުލިބޭ މުދާ ލިބޭނެ މުއްދަތެއް ކަނޑައަޅައި ނިންމުމަށް މަސައްކަތް ކުރުން.
  • މިނިސްޓްރީ އޮފް ފައިނޭންސް، އޯޑިޓަރ ޖެނެރަލްގެ އޮފީސް އަދި ޔުނިވަރސިޓީއިން ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ތަކެތި ހޯދުމަށް މަސައްކަތް ކުރުން.
  • ކެޕިޓަލް ބަޖެޓުން ޚަރަދުކުރާ ތަކެތި ގަތުމުގެ ކުރިން ފައިނޭންސް ޑިޕާރޓްމަންޓް މެދުވެރިކޮށް ކެޕިޓަލް ޚަރަދުގެ ހުއްދަ ނެގުމާއި އެސް.އޭ.ޕީ ސިސްޓަމްގެ ތެރެއިން އެސެޓް ރަޖިސްޓަރ ކުރުން.
  • ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް އާއްމުކޮށް އިއުލާންކުރަންޖެހޭ މިންގަނޑުގެ މަސައްކަތް ކުރުމާއި ތަކެތި ގަތުމަށްޓަކާ އިއުލާނުކުރުމާއި ބީލަމަށް މައުލޫމާތު ދިނުމާއި ބީލަން ބަލައިގަތުން އަދި އިވެލުއޭޓްކުރުމުގެ މަސައްކަތް ޑިޕާރޓްމަންޓްގެ ވެރިޔާ ހަމަޖައްސަވާ އުޞޫލަކުން ކުރިއަށް ގެންދިޔުން.
  • ނުހޯދޭ ތަކެއްޗާއި ނުހޯދޭ ޚިދުމަތުގެ މައުލޫމާތު ލަސްވެގެން ކޮންމެ ހަފްތާޔަކު އެއްފަހަރު ޑިޕާރޓްމަންޓް ވެރިޔާއާ މަޝްވަރާކޮށް އަޅާނެ ފިޔަވަޅުތަކެއް ނިންމުމާއި ، އެ ހަމަޖައްސާ އުސޫލާއި އެއްގޮތަށް އަމަލުކުރުން.
  • އެކި ފެކަލްޓީ / ސެންޓަރ ، ކެމްޕަސް އަދި ޔުނިވަރސިޓީގެ ސެކްޝަންތަކަށް ހޯދޭ އާރޖެންޓް ތަކެތި ފިޔަވާ އާންމު ތަކެތި 07 ދުވަސް ތެރޭގައި ޤަވާއިދުން ޙަވާލުކުރަމުން ގެންދިޔުން. މީގެ އިތުރުން ނުގަނެވޭ ތަކެތީގެ ލިސްޓް އަދާހަމަކޮށް ބެލެހެއްޓުން.
  • ގަނެގެން ގެނެވޭ ތަކެތި ފެންވަރު ބެލުމާއި، ފެންވަރު ރަގަޅު ތަކެތި ގަތުމަށް ބާރުއަޅާ މަސައްކަތްކުރުން.
  • ބޭނުންވާ މުދަލެއް ނުވަތަ ބަދަލު ކުރަންޖެހޭ މަސައްކަތް ވަގުތުން ކުރުން އަދި ތަކެތި ވިއްކާ ފަރާތުގެ ކޮންޓެކްޓް މައުލޫމާތު އަދާހަމަކޮށް ބެލެހެއްޓުން.
  • އަތޮޅުތަކުގައި ގާއިމްކުރެވިފައިވާ ކެމްޕަސްތަކަށް ވައިގެ މަގުންނާއި ކަނޑުމަގުން ފޮނުވަންޖެހޭ ތަކެތި ފޮނުވުން.
  • ރާއްޖެއިން ބޭރުން ޔުނިވަރސިޓީއަށް ގެނެވޭ މުދާ ކްލިއަރ ކުރުމާއި އެމުދަލެއް ހަވާލުކުރަން ޖެހޭ ފަރާތްތަކަށް ހަވާލުކޮށް ނިންމުން.
  • ކޮންޓްރެކްޓަރުންނަށް އެވޯޑްކުރެވޭ މަސައްކަތްތައް ނިމުމުން ތަކެތީގެ/މަސައްކަތުގެ ފެންވަރު ބެލުމަށްފަހު "ޕްރޮޖެކްޓް ކޮމްޕްލީޝަން ސެޓްފިކެޓް" ތައްޔާރުކުރުން.
  • ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި ސަލާމްބުނާ މުވައްޒަފުންނާއި ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ޑިޕާރޓްމަންޓް ވެރިޔާ އަންގަވާ ގޮތެއްގެ މަތިން ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2019 ނޮވެންބަރު 10 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://mnu.edu.mv/wp-content/uploads/2016/10/Job-Application-Form-2018-2.pdf

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްޢޫލިއްޔަތާއި، ވަޒީފާ އަދާކުރަން ފެއްޓެވި ތާރީޚް އަދި އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދުގެ ކޮޕީ)
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު).

ނޯޓް:

 

  • މި މަޤާމަށް ކެނޑިޑޭޓަކު ހޮވުމުގައި މާލިއްޔަތު ޤަވާއިދަށް އަޙުލުވެރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

 

އިތުރު މަޢުލޫމާތު:

 

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345131 ނަމްބަރު ފޯނަށެވެ.
30 އޮކްޓޫބަރު 2019