ދިވެހިރާއްޖެ
އިޢްލާން
ކުންފުނި އުވައިލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅައި،އުވައިލުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 2 ވަނަ މާއްދާ (1) ގެ ދަށުން އުވައިލުމަށް ކަނޑައަޅާފައިވާ ކުންފުނިތަކާބެހޭ
ގަވާއިދު ނަންބަރު R1034/2019 (ކުންފުނި އުވައިލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅައި، އުވައިލުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ 2 ވަނަ މާއްދާގެ (1) ގެ ދަށުން އަހަރީ ފީ ދައްކާފައިނުވާތީ، އުވައިލުމަށް ކަނޑައަޅާފައިވާ ކުންފުނިތަކުގެ ތެރެއިން، 2012 އިން 2016 ގެ ނިޔަލަށް މިމިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކުގެ ލިސްޓު، މިއިޢްލާނާއިއެކު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާނެއެވެ. އަދި، މި ލިސްޓު މިމިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑުކުރެވެން ހުންނާނެއެވެ.
އިސްވެ ދެންނެވުނު ގަވާއިދުގެ 5 ވަނަ މާއްދާގެ ދަށުން، މި އިޢްލާނާއިއެކު ޝާއިޢުކޮށްފައިވާ އެއްވެސް ކުންފުންޏެއް ހިންގުމަށް ބޭނުންނަމަ، އެކުންފުންޏަކުން ފުރިހަމަކުރަންޖެހޭ އެންމެހާ އިލްތިޒާމްތައް، 12 ނޮވެމްބަރ 2019 ގެ ކުރިން ފުރިހަމަކުރުމަށްފަހު، އެކަން އަންގައިދޭ ލިޔެކިޔުންތަކާއިއެކު، ކުންފުނި ހިންގަން ބޭނުންވާކަން އަންގައިދިނުމަށް، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޤަރާރެއް ފާސްކޮށް ތިރީގައިވާ އެޑްރެހަށް ހުށަހެޅުމަށް ދަންނަވަމެވެ.
އަދި، މި އިޢްލާނާއެކު ޝާއިޢުކޮށްފައިވާ ލިސްޓުގައި ހިމަނާފައިވާ އެއްވެސް ކުންފުންޏެއްގެ މައްޗައް، އެއްވެސް ދަރަންޏެއް ނުވަތަ ދަޢުވާއެއް އޮތްނަމަ، ނުވަތަ މިއިން އެއްވެސް ކުންފުންޏަކުން، އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް ނުވަތަ މިއިން އެއްވެސް ކުންފުންޏެއްގެ މައްޗަށް އެއްވެސް ފަރާތަކުން ހުށަހަޅާ ދަޢުވާއެއް އޮތްނަމަ، ކަމާގުޅޭ ތަފްޞީލު، 12 ނޮވެމްބަރ 2019 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި މިމުއްދަތުގެ ތެރޭގައި މިދެންނެވި ތަފްޞީލު ހުށަހަޅާފައިނުވާނަމަ، ދަރަންޏެއް ނުވަތަ ދަޢުވާއެއް ނެތީކަމުގައި ބަލާނެ ވާހަކަވެސް ދެންނެވީމެވެ.
ގަވާއިދު ނަންބަރު R1034/2019 (ކުންފުނި އުވައިލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅައި،އުވައިލުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ ދަށުން ކުންފުނި ހިންގުމަށް އެދި ހުށަހެޅުމަށް ނުވަތަ ކުންފުންޏާބެހޭ މައްސަލަތައް ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮތް:
ސިޓީ އެޑްރެސް ކުރާނީ:
ކުންފުނި އުވައިލުމާބެހޭ އިޢްލާން ނަންބަރު IUL)101-BR/1/2019/337) އާގުޅޭ
ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ހ. ޕެމީލިއާ ބިލްޑިންގް، ބޮޑުތަކުރުފާނު މަގު،
މާލެ، ދިވެހިރާއްޖެ.
މި އިޢްލާނާއެކު ޝާއިޢުކޮށްފައިވާ ލިސްޓުގައި ހިމެނޭ އެއްވެސް ކުންފުންޏެއްގެ މަޢުލޫމާތު އޮޅުންފިލުވުމަށް ބޭނުންފުޅުވާނަމަ، [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.