ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)318-HR/318/2019/41
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި: 13 ނޮވެންބަރު 2019 14:00
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެގްޒަމިނަރުން ހޯދުން

މި އިދާރާއިން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓްކުރާނެ އެގްޒަމިނަރުން ބޭނުންވެ އެވެ.  އިމްތިޙާނު އޮންނާނީ މި އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގަ އެވެ.  މި މަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ.  މި ފުރުސަތު ދެ ޖިންސުގެ މީހުންނަށްވެސް ވަނީ ހުޅުވާލެވިފަ އެވެ.

އަންހެން އެގްޒަމިނަރުން

ބޭނުންވާ ޢަދަދު: 3

ޝަރުޠު:

-       ދަށްވެގެން AA1 ގިންތީގެ ލައިސަންސް އޮތުން.

-       ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާޢީ ކުށެއްކޮށްފައިވާ މީހަކުކަމުގައި ނުވުން.

-       ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑް ފޯމް.

-       ދޫކުރާ ތާރީޚުން ފެށިގެން މަދުވެގެން 3 އަހަރު ދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.

-       ޢުމުރުން 55 އަހަރު ނުވާ މީހެއްކަމުގައި ވުމާ ރަނގަޅު ޞިއްޙަތެއްގައި ހުރުން.

-       ދަރަވަންދޫ ކައުންސިލްގެ އިދާރާގައި ވަޒީފާއަދާކުރާ މީހެއްކަމުގައި ނުވުން.

-       ޑްރައިވިންގ ސްކޫލެއްގަ އެއްވެސް ހައިޞިއްޔަތަކުން މަސައްކަތްކުރާ މީހެއްކަމުގައި ނުވުމާއި ވޭތުވެދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި ޑްރައިވިންގ ސްކޫލެއްގައި މަސައްކަތްކޮށްފައި ނުވުން.

ފިރިހެން އެގްޒަމިނަރުން

ބޭނުންވާ ޢަދަދު: 5

ޝަރުޠު:

-       ދަށްވެގެން AA1B1B2C1C2 ގިންތީގެ ލައިސަންސް އޮތުން.

-       ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާޢީ ކުށެއްކޮށްފައިވާ މީހަކުކަމުގައި ނުވުން.

-       ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑް ފޯމް.

-       ދޫކުރާ ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރު ދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.

-       ޢުމުރުން 55 އަހަރު ނުވާ މީހެއްކަމުގައި ވުމާ ރަނގަޅު ޞިއްޙަތެއްގައި ހުރުން.

-       ދަރަވަންދޫ ކައުންސިލްގެ އިދާރާގައި ވަޒީފާއަދާކުރާ މީހެއްކަމުގައި ނުވުން.

-       ޑްރައިވިންގ ސްކޫލެއްގަ އެއްވެސް ހައިޞިއްޔަތަކުން މަސައްކަތްކުރާ މީހެއްކަމުގައި ނުވުމާއި ވޭތުވެދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި ޑްރައިވިންގ ސްކޫލެއްގައި މަސައްކަތްކޮށްފައި ނުވުން.

އުޖޫރަ:

-       ޓެސްޓް ކުރާ ކޮންމެ A,A1 ކެޓެގަރީގެ އުޅަނދަކަށް -/15 ރުފިޔާ

-       އެހެނިހެން ކެޓެގަރީގެ ޓެސްޓްކުރާ ކޮންމެ އުޅަނދަކަށް -/25 ރުފިޔާ

 

އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތީގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ އެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުން 2019 ނޮވެންބަރު 13 ވަނަ ދުވަހުގެ 14:00ގެ ކުރިން ވަނަވަރާއެކު ސިޓީއަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

28 އޮކްޓޫބަރު 2019