ދިވެހިރާއްޖެ
ނަމްބަރ : (IUL)239-IED/239/2019/34
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ |
ކޮޅުމަޑުލު އަތޮޅުކައުންސިލް އިދާރާގެ އުތުރުފަރާތު ޕާކް ވަށާފާރު ރޭނުން
މިއިދާރާގެ ނަމްބަރ (IUL)239-IED/239/2019/33 އިޢުލާން ބާތިލްކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް، މިއިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހުށަހެޅުމަށް ދުރުވާ ފަރާތްތަކުން، އެފަރާތެއްގެ އައިޑީކާޑުގެ އަސްލު ގެންނަންވާނެއެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
7 ނޮވެންބަރު 2019 (ބުރާސްފަތި) ދުވަހުގެ 11:00 އަށް |
12 ނޮވެންބަރު 2019 (އަންގާރަ) ދުވަހުގެ 11:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ އެއްވެސް ފަރާތްތެއްގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.
29 ސަފަރު 1441
28 އޮކްޓޯބަރު 2019
އިސްމާޢީލް ޙަނީފް
ކޮޅުމަޑުލުއަތޮޅު ކައުންސިލްގެނާއިބްރައީސް