ދިވެހިރާއްޖެ
`
Secretariat of Thimarafushi Council Th. Thimarafushi, Rep of Maldives |
ތ.ތިމަރަފުށީ ކައުންސިލްގެ އިދާރާ
ތ.ތިމަރަފުށި/ދިވެހިރާއްޖެ
ނަމްބަރ:IUL)391-EM/INDIV/2019/1)
އިޢުލާނު
ކުއްޔަށް ދިނުން
ތ.ތިމަރަފުށީ ބަނދަރުގެ ހުޅަނގުފަރާތު ގައި އޮންނަ "ކުޑަރަށް" ނަމަކަށް ކިޔާބިން ދިގުމުއްދަތަށް ކުއްޔަށް ދިނުމަށް ބޭނުންވެއެވެ.
ވީމާ، މިބިން ދިގުމުއްދަތަށް ކުއްޔަށް ހިފަންބޭނުންވާ ފަރާތްތަކުން ތިމަރަފުށީ ކައުންސިލްގެ އިދާރާއަށް ބިޑް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މިކަމާގުޅިގެން މަޢުލޫމާތު ދިނުން އޮންނާނީ 12 ނޮވެމްބަރ 2019 ދުވަހު މެންދުރު 1.00 ގައި ތިމަރަފުށީ ކައުންސިލްގެ އިދާރާގައެވެ.
ބިޑް ބަލައިގަތުން އޮންނާނީ 21 ނޮވެމްބަރ 2019 ދުވަހު މެންދުރު 1.00ގައި ތިމަރަފުށީ ކައުންސިލްގެ އިދާރާގައެވެ.
ބިޑް ހުށަހަންޖެހޭނީ ތިމަރަފުށީ ކައުންސިލްގެ އިދާރާއިން މިކަމަށް ތައްޔާރުކޮށްފައިވާ ބިޑްފޮތެއްގައެވެ.
މިބިޑްފޮތް 13 ނޮވެމްބަރ 2019 ދުވަހުންފެށިގެން ބަންދުނޫން ކޮންމެދުވަހަކު ތިމަރަފުށީ ކައުންސިލްގެ އިދާރާއިން ގަންނަން ލިބޭނެއެވެ.
28 ޞަފަރު 1441
27 އޮކްޓޫބަރ 2019
އިސްމާޢީލް އިބުރާހިމް
ކައުންސިލްގެ ރައީސް