ނީލަން
ނަންބަރު: (IUL)373/INDIV/2019/22
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 11:37
ސުންގަޑި: 14 ނޮވެންބަރު 2019 14:00
ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

ތިރީގައި މިދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއްޖެއެވެ.

#

ބާވަތް

ޢަދަދު

ފެށޭއަގު

މަދުވެގެންފަހަރަކު އިތުރުކުރެވޭ ޢަދަދު

1

5.6 ފޫޓުގެ ދިގު 2 ގުޅި ކާނި

2

-/500

-/50

2

7 ފޫޓުގެ ދިގު 2 ގުޅި ކާނި

2

-/500

-/50

3

4.6 ފޫޓުގެ ދިގު 1 ގުޅި ކާނި، 6 ފޫޓުގެ ދިގު 1 ގުޅި ކާނި

2

-/500

-/50

މި ނީލަން ކުރިއަށްދާނީ، 2019 އޮކްޓޯބަރ 24 އިން 2019 ނޮވެމްބަރ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި، މި މުއްދަތުގައި ޖެހިޖެހިގެން 5 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެ އަގެއް ހުށަހެޅުއްވި ފަރާތަށް ނީލަން ނިންމާލެވޭނެއެވެ.

ތިން ބާވަތަށްވެސް އަގު ހުށަހަޅުއްވާނީ ވަކިވަކިންނެވެ. ތަކެތި  ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން، ރަސްމީ ގަޑީގައި މި އިދާރާއަށް ވަޑައިގަތުމުން އެ އިންތިޒާމު ހަމަޖެހޭނެ އެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ނަމަ، މި އިދާރާގެ ނަންބަރު؛ 6740015 ފޯނާ ގުޅުމުން ލިބިވަޑައިގަންނަވާނެ އެވެ.

ވީމާ، ނީލަމުން ތަކެތި ނަންގަވަން ޝައުޤްވެރިވެ ވަޑައިގަންނަވާ ބޭފުޅުން، 2019 އޮކްޓޯބަރ 24 ވަނަ ދުވަހުން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ 14:00ގެ ކުރިން އަގު ހުށަހަޅުއްވުން އެދެމެވެ. ނީލަމަށް ހުށަހެޅޭ އަގުތައް، މި އިދާރާގެ ނޯޓިސްބޯޑުގައި ބެހެއްޓޭނެ އެވެ.

މި ނީލަމަށް އަގު ހުށަހެޅުއްވުމަށް ފޮނުއްވާ ސިޓީގައި އަގު ހުށަހަޅުއްވާ ފަރާތުގެ ނަމާއި، އެޑްރެހާއި، އައި.ޑީ ކާޑު ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރު ބަޔާންކުރައްވަންވާނެ އެވެ. އީ-މެއިލްގެ ޒަރީޢާއިން އަގު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ސިޓީ ފޮނުއްވާނީ، [email protected] އަށެވެ.

24 އޮކްޓޫބަރު 2019