މުބާރާތް
ނަންބަރު: BAM/IUL/2019/57
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 17:00
ސުންގަޑި: 10 އޮކްޓޫބަރު 2019 14:00
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
12 ވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތް 2019

12 ވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތް 2019

 

12 ވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތް 2019 ނޮވެމްބަރު 21 ން 2019 ނޮވެމްބަރ 30 ށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މި މުބާރާތުގައި ބައިވެރިވެލައްވަން ބޭނުންފުޅުވެލައްވާ ކުޅުންތެރިންނާއި ކުލަބު/ޖަމްޢިއްޔާތައް އަދި ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ ތަކާއި ކައުންސިލްތައް މުބާރާތާބެހޭ ކަންކަމުގައި މުޢާމަލާތްކުރާނެ ފޯކަލް ޕޮއިންޓެއް ކަނޑައަޅުއްވާ އެފަރާތެއްގެ ނަން، އަދި ގުޅޭނެ ނަންބަރު އެނގޭނެގޮތަށް 10 ނޮވެމްބަރު 2019 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އެންޓްރީ ފޯރމާއެކު ބެޑްމިންޓަން އެސޯސިއޭޝަނަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.

 

އެންޓްރީ ފޯރމް އަދި މުބާރާތުގެ ޤަވާޢިދު: 

- އެސޯސިއޭޝަންގެ ވެބްސައިޓް www.badmintonmaldives.org.mv އިން ލިބެން ހުންނާނެއެވެ.

 

އެންޓްރީ ފޯރމް ހުށައެޅުމުގެ ފަހުގެތާރީޚް: 

- 10 ނޮވެމްބަރު 2019 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަނަށްއަށް ހުށަހެޅުއްވުން އެދެމެވެ.

 

މުބާރާތާބެހޭ އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 ށް އަދި މެންދުރުފަހު 13:00 ން 16:00 ށް، މި އެސޯސިއޭޝަންގެ ނަމްބަރު 3314057 ފޯނަށް ގުޅުއްވުން އެދެމެވެ. މި މުބާރާތްތަކާބެހޭ އިތުރު މަޢުލޫމާތު ކުރިއަށްހުރި ދުވަސްތަކުގައި ޝާއިޢު ކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

26 އޮކްޓޯބަރު 2019

26 އޮކްޓޫބަރު 2019