ދިވެހިރާއްޖެ
ލިޓަސް ބެޑްމިންޓަން އެސޯސިއޭޝަން ޕްރެޒިޑެންޓްސް ޗެންޕިއަންޝިޕް 2019
ލިޓަސް ބެޑްމިންޓަން އެސޯސިއޭޝަން ޕްރެޒިޑެންޓްސް ޗެންޕިއަންޝިޕް މުބާރާތް 17 ނޮވެމްބަރ 2019 އިން 20 ނޮވެމްބަރ 2019 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އޯޕަން އިވެންޓެއްގެ ގޮތުގައެވެ. ވީމާ، 07 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެންޓްރީ ފޯމް ބެޑްމިންޓަން އެސޯސިއޭޝަނަށް ހުށައެޅުމަށް ދެންނެވީމެވެ.
އެންޓްރީ ފޯރމް އަދި މުބާރާތުގެ ޤަވާއިދު:
- · ޑައުންލޯޑް ކުރުމަށް ވެބްސައިޓް www.badmintonmaldives.org.mvއާއި
ފޭސްބުކް ޕޭޖްBadminton Association of Maldives
އެންޓްރީ ފޯރމް ހުށައެޅުމުގެ ފަހުގެތާރީޚް:
07 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަން އޮފީހަށް ހުށައެޅުމަށް ދެންނެވީމެވެ.
މުބާރާތާބެހޭ އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށް އަދި މެންދުރުފަހު 13:00 އިން 16:00 އަށް މިއެސޯސިއޭޝަންގެ ފޯންނަމްބަރ: 3314057 އަށް ގުޅުއްވުން އެދެމެވެ.
މި މުބާރާތާބެހޭ އިތުރު މަޢުލޫމާތު ކުރިއަށްއޮތް ހަފްތާގައި ޝާއިއު ކުރެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވާލީމެވެ.
26 އޮކްޓޯބަރ 2019