ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)415/415/2019/117
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 13:27
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ތިނަދޫއިން ދޫކުރާ ފްލެޓްތަކުގެ ގުރުއަތު ނެގުމަށް ބަދަލުގައި މީހުން ހަމަޖެއްސުމާއި ގުޅޭ

އިޢުލާން

ގދ. ތިނަދޫއިން ދޫކުރާ ފްލެޓްތަކުގެ ގުރުއަތު ނެގުމަށް ބަދަލުގައި މީހުން ހަމަޖެއްސުމާއި ގުޅޭ

 

ސަރުކާރުގެ ގެދޮރުވެރިކުރުވުމުގެ ޕްރޮގްރާމްގެ ދަށުން ގދ.ތިނަދޫގައި ޢިމާރާތްކުރެވިފައިވާ 120 ފްލެޓްގެ ކެޓެގަރީA   އަދި ކެޓަގަރީ B ގެ ފްލެޓްތަކަށް އެދިލެއްވި ފަރާތްތަކުގެ ތެރެއިން ގުރުއަތަށް ގޮސްފައިވާ ފަރާތްތަކާއި ފްލެޓްތަކުގެ ތަރުތީބު ނަންބަރު ގުރުއަތު ނެގުން 30 އޮކްޓޯބަރ 2019 ވަނަ ދުވަހު 13:30 ގައި އާބާދީ މަރުކަޒުގައި އޮންނާނެއެވެ. މި ގުރުއަތުގައި ބައިވެރިވާ ފަރާތުން ބަދަލުގައި މީހަކު ހާޟިރުވާނަމަ އެކަން އިނގޭނެ ގޮތުގެ ސިޓީއަކާއި ދެ ފަރާތުގެ އައި.ޑީ ކާޑު ކޮޕީއާއެކު ހާޟިރުވުމުން ގުރުއަތު ނެގޭނެ ވާހަކަ ދެންނެވީމެވެ. ހަމައެހެންމެ، މި ގޮތަށްވެސް ހާޟިރުނުވާ ފަރާތްތަކުގެ ގުރުއަތު ނަގާނީ މި އިދާރާއިންނެވެ.

26 އޮކްޓޫބަރު 2019