މުބާރާތް
ނަންބަރު: 411-B/IUL/2019/42
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 17:10
ސުންގަޑި: 29 އޮކްޓޫބަރު 2019 13:00
ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ކަޕް 2019 ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

 

ކައުންސިލް ކަޕް 2019 ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

 

             ގއ. ދެއްވަދޫ ކައުންސިލްގެ އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ "ދެއްވަދޫ ކައުންސިލް ކަޕް 2019" ފުޓްބޯޅަ މުބާރާތް 01 ޑިސެމްބަރ 2019 އިން 14 ޑިސެމްބަރ 2019އަށް ބޭއްވުމަށް ވަނީ ހަމަޖައްސަވާފައެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ޓީމްތަކުން 29 އޮކްޓޯބަރ 2019ވާ އަންގާރަ ދުވަހުގެ މެންދުރު 13.00ގެ ކުރިން މިއިދާރާއަށް އެޕްލިކޭޝްން ފޯމް ހުށަހަޅަންވާނެއެވެ. އީމެއިލްކުރައްވާނީ [email protected]  އަދި [email protected]  އަށެވެ.

 

މުބާރާތުގައި ބައިވެރިވާ ޓީމްތަކުން 07 ނޮވެމްބަރ 2019ވާ ބުރާސްފަތި ދުވަހުގެ މެންދުރު  13.00ގެ ކުރިން ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓްރީ ކުރަން ހުށަހަޅަންވާނެއެވެ. ނަމަވެސް ރަށުން ބޭރު ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހުގެ ތާރީޚަކީ 12 ނޮވެމްބަރ 2019ވާ އަންގާރަ ދުވަހުގެ 13.00އެވެ.

  މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25  ޞަފަރު  1441

24  އޮކްޓޯބަރ 2019

24 އޮކްޓޫބަރު 2019