މަސައްކަތް
ނަންބަރު: (IUL)-BCC/2019/41
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 23:55
ސުންގަޑި: 04 ނޮވެންބަރު 2019 13:30
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
"ފަންނު އެކްސްޕޯ 2019" ގެ އެވޯޑިންގ އާއި އޯޕެނިންގ ސެރެމޯނީ ބާއްވާ އަދި އޮގަނައިޒް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޑުން (އެމް.އީ.ޑީ) މިއަހަރު ބާއްވާ ދިވެހި އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒު "ފަންނު އެކްސްޕޯ 2019" ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު މަހުގެ 22 އިން 28 ގެ ނިޔަލަށް ދަރުބާރުގޭގައި އެވެ. މި މައުރަޒު ބާއްވާ ސަރަހައްދުގެ ކޮންސެޕްޓް ޑިޒައިނާއި  ވެނިއު އޮގަނައިޒިންގ ވަނީ އެމް.އީ.ޑީ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) އާއި ދެމެދު ވެވުނު އެމް.އޯ.ޔޫ އެއްގެ ދަށުން ބީ.ސީ.ސީއާއި ހަވާލުކުރެވިފައިއެވެ. މި މަޢުރަޒުގެ މަޤްސަދަކީ ދިވެހި އުފެއްދުންތައް އިތުރުކޮށް، އެފަދަ އުފެއްދުންތަކަށް ރަނގަޅު މާކެޓެއް ހޯދައިދީ، ފަތުރުވެރިންނަށާއި އާއްމުންނަށް އެއްތަނަކުން ދިވެހި އުފެއްދުންތައް ފެނިގެންދާނެ މާހައުލެއް ޤާއިމުކޮށްދިނުމެވެ. މިއީ މިގޮތުން ދިވެހިރާއްޖޭގައި ބޭއްވޭ މިފަދަ އެންމެ ބޮޑު މައުރަޒުކަންވެސް މަޢުލޫމާތައްޓަކައި ދަންނަވާލަމެވެ.

މިގޮތުން "ފަންނު އެކްސްޕޯ 2019" ގެ އެވޯޑިންގ އާއި އޯޕެނިންގ ސެރެމޯނީ ބާއްވާ އަދި އޮގަނައިޒް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތާއި ބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 28 އޮކްޓޫބަރު 2019 ވާ ހޯމަ ދުވަހުގެ މެންދުރު 01:30 ގައި ބީ.ސީ.ސީ މީޓިންގ ރޫމްގައިއެވެ. އަދި ބީލަން ހުޅުވުން އޮންނާނީ 4 ނޮވެންބަރު 2019 ވާ ހޯމަ ދުވަހުގެ މެންދުރު 01:30 ގައި ބީ.ސީ.ސީ މީޓިންގ ރޫމްގައިއެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. މައުލޫމާތު ދިނުމުގެ ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަވެސް މައުލޫމާތައްޓަކައި ދަންނަވާލަމެވެ.

 

ބީ.ސީ.ސީގެ ހެޑް އޮފީހުގެ އެޑްރެސް ތިރީގައި މިވަނީއެވެ. އިތުރު މަޢުލޫމާތު އީމެއިލް މެދުވެރިކޮށް ނުވަތަ ފޯނުގެ ޒަރިއްޔާއިން ނުވަތަ ހެޑް އޮފީހުންވެސް ލިބިވަޑައިގަންނަވާނެއެވެ. 

 

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން

4 ވަނަ ފަންގިފިލާ، ސަކީނާމަންޒިލް

މެދުޒިޔާރަތްމަގު، މާލެ، ދިވެހިރާއްޖެ

ފޯން: 548-3010

އީމެއިލް: [email protected]

24 އޮކްޓޫބަރު 2019