ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2019/227
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 19:06
ސުންގަޑި: 04 ނޮވެންބަރު 2019 14:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑެޕިއުޓީ ވައިސް ޗާންސެލަރުން ބޭނުން ވެއްޖެ

މަޤާމް :ޑެޕިއުޓީ ވައިސް ޗާންސެލަރ
ބޭނުންވާ އަދަދު :3

އިޢުލާނު ނަންބަރު: MNU-HR/2019/227

                                                      

 

ޑެޕިއުޓީ ވައިސް ޗާންސެލަރުން ބޭނުން ވެއްޖެ

 

މަޤާމް:   ޑެޕިއުޓީ ވައިސް ޗާންސެލަރ (އެކެޑެމިކް އެފެއާރޒް)              ޢަދަދު:   1

މަޤާމް:   ޑެޕިއުޓީ ވައިސް ޗާންސެލަރ (އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް) ޢަދަދު:   1

މަޤާމް:   ޑެޕިއުޓީ ވައިސް ޗާންސެލަރ (ރިސާރޗް އެންޑް އެންޓަރޕްރައިސް)    ޢަދަދު:   1

      

މަޤާމުގެ ކްލެސިފިކޭޝަން:  ޗާންސެލަރީ

 

ސެކްޝަން:         ސީނިއަރ އެގްޒެކެޓިވް، މަރުކަޒީ އިދާރާ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

 

މުސާރައާއި އެލަވަންސް: 

        • މުވައްޒަފަށް މަހަކު ލިބޭ މުސާރަ އާއި ސާރވިސް އެލަވަންސް ރުފިޔާއިން: އެމް.އެން.ކިޔު.އެފް ލެވެލް 9 ގެ ސަނަދެއް (މާސްޓަރޒް) އޮތް ނަމަ  18125.00 އާއި 21367.22 ދެމެދު. އެމް. އެން.ކިޔު.އެފް ލެވެލް 10 ގެ ސަނަދެއް (ޑޮކްޓަރޭޓް) އޮތް ނަމަ 21780.00 އާއި 24987.67 އާ ދެމެދު. މުވައްޒަފަށް ދެވޭނޭ މުސާރައާއި ސާރވިސް އެލަވަންސް ކަނޑައަޅާނީ ތަޖުރިބާގެ ބާވަތްތަކާއި ފަންނީ ހައިބަތަށް ބަލައި އުޖޫރަދެވޭ ސްޕައިން ޕޮއިންޓް ގެ އޮނިގަނޑުންނެވެ.
        • ދާއިމީ ނޫން މަޤާމެއް ކަމުން ދޭ ޓެނުއަރޝިޕް އެލަވަންސް: މަހަކު 15000 ރުފިޔާ  (މިއެލަވަންސް ދެވެނީ މަސައްކަތް ނިންމުމަށް އިތުރު ގަޑީގައި ވެސް މަސައްކަތް ކުރާނެ ކަމަށާއި އަދި އެހެން ވަޒީފާއެއް އަދާނުކުރާނެކަމަށް ބަލާފައެވެ.)
        • ފޯން އެލަވަންސް: މަހަކު 500 ރުފިޔާ

 

މަޤާމުގެ މުއްދަތު:      ޢައްޔަނު ކުރާ ދުވަހުން ފެށިގެން 4 އަަހަރު ދުވަސް

 

ވަޒީފާއަށް ބޭނުންވާ ތަޢުލީމީ ޢިލްމީ ސިފަތަކާއި ތަޖުރިބާ

ތަޢުލީމީ ސިފަތައް:

1. ދަށްވެގެން އެމް.ކިޔޫ.އޭ އިން ޤަބޫލުކުރާ، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 9  ވަނަ ލެވެލްގެ ސަނަދެއް އޮތުން.  

ތަޖުރިބާ

  1. މަތީ ހަރުފަތްތަކުގައި މަދުވެގެން 7 އަހަރު ދުވަހުގެ މެނޭޖްމަންޓް ތަޖުރިބާ ހުރުން. ޚާއްޞަކޮށް މަތީ ތަޢުލީމުގެ ދާއިރާއިން މި ތަޖުރިބާ ހުރުމަކީ އެދެވިގެންވާ ކަމެކެވެ.

 

ވަޒީފާގެެ މަސްއޫލިއްޔަތުތަކާއި އެދެވޭ އިތުރު ބައެއް ސިފަތައް:

                ވަޒީފާގެ މަސްއޫލިއްޔަތުތަކާއި އެދެވޭ ބައެއް ސިފަތަައް ހިމެނޭ މަޤާމުގެ ފުރިހަމަ ވަޒީފާ ބަޔާން ޔުނިވަރސިޓީގެ ވެބް ސައިޓުން ލިބޭނެއެވެ. އަދި ތިރީގައިވާ ފޯނު ނަންބަރުން ހޯދޭނެއެވެ.

http://mnu.edu.mv/wp-content/uploads/2016/10/DVCs-Job-Description.pdf

                  

 ސިޓީ ފޮނުވަންވީ ތާރީޙް:   04 ނޮވެންބަރ 2019 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މަރުކަޒީ އިދާރާއަށް.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

          1. ކޯސް ނިންމި ކަމުގެ ލިއުންތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
          2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ (އަޞްލާއި އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުންް ތައްގަނޑު ޖަހާފައިވާ އަޞްލު)
          3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ތަޖުރިބާ ގުނޭނެ ތާރީޚުތަކާއެކު) ވަނަވަރުގެ ކޮންމެ ޞަފްހާގައި ސޮއި އޮންނަން ވާނެއެވެ.

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345131 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3344093 އެވެ.

24 އޮކްޓޫބަރު 2019