ވަޒީފާގެ ފުރުޞަތު
ނަންބަރު: TS/HR/IUL/2019/38
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2019
ޕަބްލިޝްކުރި ގަޑި: 13:29
ސުންގަޑި: 06 ނޮވެންބަރު 2019 14:00
ތާޖުއްދީން ސްކޫލް
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުޞަތު

 

 

މަޤާމު

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރ


J-317192

ބޭނުންވާ އަދަދު

01 

މަޤާމުގެ ގިންތި

ދާއިމީ  

މަޤާމުގެ ރޭންކް

އެމް. އެސް 2

މަޤާމުގެ ކުލެސިފިކޭޝަން

ސީނިއަރ އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ތާޖުއްދީން  ސްކޫލް  / ކ. މާލެ

މުސާރަ

-/6295 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް

  1.  ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް
  2.  ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3.  ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޟޫލުން އިތުރުގަޑީގެ ފައިސާ.
  4. ޓެކްނިކަލްކޯ އެލްވަންސް، އަސާސީ މުސާރައިގެ %28 (މި އެލަވަންސް ލިބޭނީ މަޤާމުގެ މަސައްކަތާގުޅުންހުރި ދާއިރާއަކުން ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލ 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލްކޮށްގެން ވަޒީފާ ހަމަޖެހޭ ފަރާތްތަކަށެވެ.
  5.  ސަޕޯރޓިންގ ކޯ އެލަވަންސް (މަހަކު -/900ރުފިޔާ) މި އެލަވަންސް ލިބެނީ ޓެކްނިކަލް ކޯ އެލަވަންސަށް ޝަރުތުހަމަނުވެ ވަޒިފާ ހަމަޖެހޭ ފަރާތްތަކަށެވެ.

 

މަޤާމުގެމައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް  

  • ސްކޫލްގެ އެޗް.އާރު ސެކްޝަންގައި ކުރަންޖެހޭ އެންމެހާ މަސައްކަތް ޑެޕިއުޓީ ޕްރިންސިޕަލްގެ ލަފާގެމަތިން ކުރުން
  • މުއައްޒަފުންގެ ރެޖިސްޓްރީ، މަގާމުތަކުގެ ރެޖިސްޓްރީ، ކޮންޓްރެކްޓް މުއައްޒަފުންގެ ރެޖިސްޓްރީ ބެލެހެއްޓުން.
  • ވަޒީފާތަކާބެހޭގޮތުން ސިވިލްސަރވިސް ކޮމިޝަނުން އަދި އެޑިއުކޭޝަން މިނިސްޓްރީން އަންނަ ޗިޓްތައް ރެޖިސްޓްރީތަކަށް އެރުވުން އަދި ފައިލްކޮށް ބެލެހެއްޓުން.
  • ވިއުގަ ސިސްޓަމް މެދުވެރިކޮށް ވަޒީފާ އާ ގުޅުންހުރި މަސައްކަތްކުރުން އަދި ސިސްޓަމްގައިވާ މުއައްޒަފުންގެ ރެކޯޑްތައް އަޕްޑޭޓް ކޮށް ބެލެހެއްޓުން.
  • ކޮންމެ މަހަކު މުއައްޒަފުންގެ މުސާރަ ތަކާ އެލަވަންސް ތަކަށް އަންނަބަދަލުތައް ބަލާ އެ ބަދަލުތައް ސެޕް ސިސްޓަމަށް އަޕްޑޭޓް ކުރުން. މުސާރަ ނިންމުމަށް ކަނޑައެޅިފައިވާ ދުވަހަށް ނިންމުން އަދި މުއައްޒަފުންނަށް ލިބެންޖެހޭ މުސާރަ އެލަވަންސް ކަނޑައެޅިފައިވާ ދުވަހަށް މުއައްޒަފުންގެ އެކައުންޓްތަކަށް ޖަމާވިތޯ ޗެކްކުރުން
  • ސިވިލްސަރވިސްގެ ޤަވަޢިދުތަކަށް މުއައްޒަފުން އަހުލުވެރިކުރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ޑެޕިއުޓީ ޕްރިންސިޕަލްގެ ލަފާގެމަތިން ކުރުން.
  • ސްކޫލްގައި މަސައްކަތް ކުރާ ބިދޭސީ ޓީޗަރުންގެ އެއަރ ޓިކެޓް ހަމަޖެއްސުން އަދި ވަރކް ވިސާ އަދި ވަރކް ޕަރމިޓް މަސައްކަތް ކުރާ މުއައްޒަފަށް އެމަސައްކަތް އިރުޝާދުދީ އެމަސައްކަތްތައް ކަނޑައެޅިފައިވާ ވަގުތަށް ނިންމާތޯ ބެލުން.
  • ސްކޫލްގެ އިދާރީ މުއައްޒަފަކު ޗުއްޓީ އެއް ނެގުމުގެ ސަބަބުން އެމުއައްޒަފެއްގެ މަސައްކަތެއް ޙަވާލުކުރެވިއްޖެނަމަ އެމަސައްކަތާ ޙަވާލުވެ ކުރުން.
  • ސްކޫލްގެ އެޗް އާރު ސެކްޝަނަށް އަންނަ ލިޔެކިއުންތައް ބަލައިގަނެ ޖަވާބުދޭންޖެހޭ މުއްދަތުގައި ޖަވާބުދިނުން.

މަޤާމުގެޝަރުތުތައް:


1- ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމެންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން އާއި  ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމެންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން އާއި  ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

 

 

 

މަޤާމުގެ ދާއިރާތައް  

  • އެޑްމިނިސްޓްރޭޝަން

ތަޢުލީމާރޮނގުތައް

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމެންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން

  ހުށަހަޅަންޖެހޭތަކެތި: 

1-            ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މިސްކޫލްގެ ރިސިޕްސަނުން ލިބެންހުންނާނެއެވެ.

2-             ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3 -      ވަޒީފާ އަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި  

        ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-       ސިވިލް ސަރވިސް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ،

     އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތް ކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5-      ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓް ގެ ކޮޕީ  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިއުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

 (ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6-      ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7-      ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވަނަމަ، އެސެޓްފިކެޓް ގެ ކޮޕީ

8-      މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

 (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

 

 

 

 

 

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެކަންތައްތައް

 

- ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

-  މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް. (އިންޓަރވިއު ކޮށްގެން)

- އިންޓަރވިއު ގެ އިތުރުން ޕްރެކްޓިކަލް އިމްތިހާނަށް ބަލައިގެން

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 6 ނޮވެމްބަރ 2019ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތާޖުއްދީން  ސްކޫލްގެ ރިސިޕްސަނަށެވެ. ވަޒީފާ އަށް އެދޭފޯމާއި ލިއުންތައް އީ މެއިލް info@thaajuddeenschool.edu.mv   މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅާފިނަމަ އެކަނޑައަޅާދުވަހުގެ އަދަދަށް ވަޒީފާ އަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު/އިމްތިހާނު އޮންނާނީ 10 ނޮވެމްބަރ 2019 އާއި 20 ނޮވެމްބަރ 2019 އާއި ދެމެދު ގެ ތާރީޚެއްގައި ތާޖުއްދީން  ސްކޫލްގައެވެ.

ޝޯޓްލިސްޓް ކުރުން:

    މިވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާގުޅޭ މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ: 3317318 ނަމްބަރު ފޯނާއެވެ. އީ-މެއިލް އެޑްރެހަކީ، info@thaajuddeenschool.edu.mv  އެވެ 

24 އޮކްޓޫބަރު 2019